06 މާޗް 2017 - 17:00

ކ. ކަނޑުއޮތްގިރީގައި މިފްކޯ އިން ހިންގާ މަސް ފެކްޓަރީގައި މިއަދު އަލިފާން ރޯވެ ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފެކްޓަރީގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ މެންދުރު 3:00 ހާއިރު ކަމަށާއި 4:00 ގައި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަލިފާނުގައި، ފެކްޓަރީގެ އިމާރާތަށް ވަނީ އެކިވަރުގެ ގެއްލުން ވެފަ އެވެ.