ކޮންމެ ވެރިކަމެއް އޮތަސް ޕޮލިސީ ތަންފީޒުކުރަން ސިވިލް ސާވަންޓުން ފަސްޖެހިގެން ނުވާނެ: ފަސްޓްލޭޑީ
ކޮންމެ ވެރިކަމެއް އޮތަސް ޕޮލިސީ ތަންފީޒުކުރަން ސިވިލް ސާވަންޓުން ފަސްޖެހިގެން ނުވާނެ: ފަސްޓްލޭޑީ

ކޮންމެ ވެރިކަމެއް އޮތަސް، ޕޮލިސީ ތަންފީޒުކުރުމުގައި ސިވިލް ސާވިސް މުވައްޒަފުން ފަސްޖެހިގެން ނުވާނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ވެރިކަމެއް އޮތަސް ޕޮލިސީ ތަންފީޒުކުރަން ސިވިލް ސާވަންޓުން ފަސްޖެހިގެން ނުވާނެ: ފަސްޓްލޭޑީ
ކޮންމެ ވެރިކަމެއް އޮތަސް ޕޮލިސީ ތަންފީޒުކުރަން ސިވިލް ސާވަންޓުން ފަސްޖެހިގެން ނުވާނެ: ފަސްޓްލޭޑީ

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، ހެލްތު މިނިސްޓްރީގެ ސިވިލް ސާވަންޓުގެ އަގު ވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ، ކޮންމެ ސަރުކާރަކުން ކޮންމެ ބަޔަކު ކޮންމެ ޕޮލިސީއެއް ހިފައިގެން އަޔަސް ސިވިލް ސާވަންޓުންނަކީ އެ ޕޮލިސީތައް ތަންފީޒުކުރަން ތިބޭ ބައެއް ކަމަށެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ޕޮލިސީގައި ހިތްހަމަނުޖެހޭ ކަމެއް އޮތް ނަމަވެސް، އެ ތަންފީޒުކުރަން ފަސް ޖެހިގެން ނުވާނެ ކަމަށެވެ،

"އަޅުގަނޑުމެންނަށް ވީ ވަރަކަށް މަސައްކަތް ކޮށްގެން، އެއީ ކޮންމެ ބަޔަކު ތިބި ނަމަވެސް އެންމެ ހިތްހަމަނުޖެހޭ ގޮތަށް ޕޮލިސީގައި ކަމެއް އޮތް ކަމަށް ވިޔަސް އެ ކަން ތަންފީޒުކުރުމުގައި ފަސް ޖެހިގެން ނުވާނެ،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

"އެއްވެސް ޕޮލިސީއެއް ވިއްސަކަށް ތިރީހަކަށް ސިޔާސީ ބޭފުޅުންނަކަށް ކުރިއަކަށް ނުގެންދެވޭނެ ސަރުކާރުގައި. އަޅުގަނޑުމެންގެ ސިވިލް ސާވަންޓުންނަކީ މީތީގެ މެއިން ޖިސްޓް."

ފަސްޓް ލޭޑީ ވިދާޅުވީ ހިތްހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހޭ ފަހަރު އަންނާނެ ކަމަށާއި ނަމަވެސް އެ ހިތްހަމަނުޖެހުންތަކާ އެކު ކުރިއަށް ގޮސް، އެ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"މި ކަހަލަ ކަންކަން އެއްފަރާތް ކޮށްފައި އަޅުގަނޑުމެންގެ މަސައްކަތައިގެން އަޅުގަނޑުމެން ކުރިއަށް ގޮސް އިތުރަށް އެ ކަންކަން ރަނގަޅުކޮށް އެކަހަލަ ކަންކަން ހިތްހަމަނުޖެހެންޏާމު އެ ފަރާތްތަކާ ވާހަކަ ދައްކާ އެއީ ބޮޑު ކަމަކަށް ނަހަދާ އަޅުގަނޑުމެންގެ މަސައްކަތައިގެން އަޅުގަނޑުމެން ކުރިއަށް ދިއުމަކީ ވަރަށް ބޮޑަށް ބޭނުންވާނެ ކަމެއް،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ޕޮލިސީ ލެވެލް އާއި ސިވިލް ސާވަންޓުންނަކީ ވަކި ބައެއްގެ ގޮތުގައި ނުދެކި، އެންމެ އެކުގަައި ގުޅިގެން ކަމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ސާޖިދާ ވިދާޅުވި އެވެ.