ފައްލޫޖާ އިން ނުކުންނަން އުޅުނު 18 މީހުން އައިއެސް އިން މަރާލައިފި
ފައްލޫޖާ އިން ނުކުންނަން އުޅުނު 18 މީހުން އައިއެސް އިން މަރާލައިފި

ބަޣުދާދު (ޖޫން 13) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން އަތުލުމަށް އިރާގު ސިފައިން މިހާރު މަސައްކަތް ކުރަމުންދާ ފައްލޫޖާ އިން ނުކުންނަން އުޅުނު ދެ އާއިލާއެއްގެ 18 މީހުން އައިއެސް އިން މަރާލާފައިވާ ކަމަށް ނޯވޭޖިއަން ރެފިއުޖީ ކައުންސިލުން ބުނެފި އެވެ.

ފައްލޫޖާ އިން ނުކުންނަން އުޅުނު 18 މީހުން އައިއެސް އިން މަރާލައިފި
ފައްލޫޖާ އިން ނުކުންނަން އުޅުނު 18 މީހުން އައިއެސް އިން މަރާލައިފި

ނަމަވެސް އިރާގު ސިފައިން ވަނީ ފައްލޫޖާގެ ހުޅަނގު އުތުރުގެ ހިސާބަކުން އާއްމުން އެ ސިޓީން ނުކުތުމަށް ރައްކާތެރި މަގެއް ހަދައިދީފަ އެވެ. އަށާރަ މީހުން މަރާލީ ވެސް އެ ސިޓީން މި މަގުން ނުކުންނަން އުޅެނިކޮށެވެ.

ފައްލޫޖާ އިން ނުކުންނަން އުޅުނު 18 މީހުން އައިއެސް އިން މަރާލައިފި
ފައްލޫޖާ އިން ނުކުންނަން އުޅުނު 18 މީހުން އައިއެސް އިން މަރާލައިފި

ފައްލޫޖާ ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފެށީ މެއި މަހު 22 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ އެ ސިޓީން 24،000 އާއްމުން ނުކުމެފަ އެވެ. ނަމަވެސް ސިޓީގެ މެދުތެރޭގައި ތިބި މީހުންނަށް ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުވާން ވަނީ ދަތިވެފަ އެވެ. ސަބަބަކީ އައިއެސް އިން އިންސާނީ އައްޑަނައެއްގެ ގޮތުގައި އެ މީހުން ބޭނުން ކުރަމުންދާތީ ކަމަށްވާތީ އެވެ.

ފައްލޫޖާ އިން ނުކުންނަން އުޅުނު 18 މީހުން އައިއެސް އިން މަރާލައިފި
ފައްލޫޖާ އިން ނުކުންނަން އުޅުނު 18 މީހުން އައިއެސް އިން މަރާލައިފި

ނޯވޭޖިއަން ރެފިއުޖީ ކައުންސިލް (އެންއާރުސީ) އިން ބުނީ ފައްލުޖާ އޮޕަރޭޝަނަށް ހަ މަސް ދުވަހު ތެރޭ 10 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށެވެ. އެންއާރުސީން ބުނީ ފައްލޫޖާ އިން އާއްމުން ނެރުމަށް މަގު ފަހިކޮށް ދިނުމުގެ ކުރިން އެ ސިޓީގައި 50،000 މީހުން ތާށިވެފައި ތިބި ކަމަށެވެ. ފައްލޫޖާގައި ތިބި އާއްމުން ނުކުތުމަކީ ވެސް ބޮޑު ނުރައްކަލެކެވެ. ދަންތުރަތަކުން ސަލާމަތްވެ ސިޓީން ބޭރަށް ނުކުމެ ދެން ޖެހެނީ ފުރާތު ކޯރު ހުރަސް ކުރުމަށެވެ. --އޭއެފްޕީ