ދައުލަތަށް ހިދުމަތްކުރުމުގެ އެވޯޑު ލިބުނު އެމްޓީސީސީގެ މުވައްޒަފުންނާ އެމްޑީ ބައްދަލު ކުރައްވައިފި
ދައުލަތަށް ހިދުމަތްކުރުމުގެ އެވޯޑު ލިބުނު އެމްޓީސީސީގެ މުވައްޒަފުންނާ އެމްޑީ ބައްދަލު ކުރައްވައިފި

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ލިބުނު އެމްޓީސީސީގެ ހަ މުވައްޒަފުންނާ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި، އެ މުވައްޒަފުން ކުންފުންޏަށް ކޮށްދިން މަސައްކަތަށް އެމްޑީ ޝުކުރު އަދާކުރެއްވި އެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އެވޯޑު ލިބުނީ ހަސަން ހަލީލް އާއި މުހައްމަދު ޝަމީމް އާއި އަބްދުއްލަތީފް އަހުމަދު އާއި އަހުމަދު ސާޖިދު އާއި މޫސާ ފަތުހީ އަދި މުހައްމަދު ސިނާން އަށެވެ.

އެމްޓީސީސީއަށް ދިގު މުއްދަތަކަށް ހިދުމަތްކޮށް އެވޯޑު ލިބުނު ހަ މުވައްޒަފުންގެ ތެރެއިން ފަސް މީހަކު މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނީގަ އެވެ.

އެ މުވައްޒަފުން ވެސް ވަނީ، މިފަދަ ޝަރަފެއް ހޯދުމުގައި ކުންފުނިން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.

މި އެވޯޑަކީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް ދިން އެވޯޑެކެވެ. މި އަހަރު 53 ފަރާތަކަށް މި އެވޯޑު ވަނީ ދީފަ އެވެ.