07 މާޗް 2017 - 06:13

ވަރުން ދަވަންގެ ބައްޕަ ޑޭވިޑް ދަވަން އާއި ސަލްމާން ޚާން ގުޅިގެން 1997 ގައި އުފެއްދި ހިޓް ކޮމެޑީ "ޖުޅްވާ"ގެ ސީކުއަލް "ޖުޅްވާ 2" ގެ މަސައްކަތް މިހާރު ކުރިޔަށް އެބަ ދެ އެވެ.
ކުރީގެ ފިލްމުގައި ސަލްމާން އަދާކުރި ޑަބަލް ރޯލު މިފަހަރުގެ ފިލްމުގައި ކުޅެނީ ވަރުން ދަވަން އެވެ. އަދި ކަރިޝްމާ އާއި ރާމްބާ އަދާކުރި ބައިތައް ކުޅެނީ ޖެކްލީން ފެނާންޑިސް އާއި ތާޕްސީ ޕަންނޫ އެވެ. އަދި "ޖުޅްވާ"ގެ ލީޑް އެކްޓަރުން ކަމަށްވާ ސަލްމާނާއި ކަރިޝްމާ ކަޕޫރު ވެސް "ޖުޅްވާ 2"ގައި މެހެމާނެއްގެ ބައި ކުޅޭނެ އެވެ.
ބޮލީވުޑް އިވެންޓެއްގައި ވާހަކަ ދައްކަމުން ވަރުން ބުނި ގޮތުގައި "ޖުޅްވާ 2" ފެށުމުގެ ކުރިން އޭނާއަށް ސަލްމާން ވަރަށް ރަނގަޅު ނަސޭހަތެއް ދިނެވެ.
"ސަލްމާން ބުނީ ބައްޕަ ދައްކާ ވާހަކަ އަޑުއެހުމަށާއި އަމިއްލައަށް މާ ސްމާޓް މީހަކަށް ވެގެން ނޫޅުމަށް،" ވަރުން ބުންޏެވެ.
"ޖުޅްވާ 2" އަކީ ކުރީގެ ފިލްމުގެ ސީކުއަލްއެއް ނަމަވެސް އެ ފިލްމާއި މި ފިލްމުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ހުންނާނެކަމަށް ވަރުން ބުންޏެވެ. އަދި ރާޖާގެ ކެރެކްޓާގައި ވެސް މިފަހަރު ވަރަށް ބޮޑު ތަފާތެއް ހުންނާނެކަމަށް އޭނާ ބުންޏެވެ.