ކަނޑުގެ ރާޅުން ހަކަތަ އުފައްދަން ސްޓެލްކޯއިން ދިރާސާއެއް
ކަނޑުގެ ރާޅުން ހަކަތަ އުފައްދަން ސްޓެލްކޯއިން ދިރާސާއެއް

ކަނޑުގެ ރާޅުން ހަކަތަ އުފެއްދުމަށް ސްޓެލްކޯއިން ދިރާސާއެއް ކުރަން ފަށައިފި އެވެ.

ކަނޑުގެ ރާޅުން ހަކަތަ އުފައްދަން ސްޓެލްކޯއިން ދިރާސާއެއް
ކަނޑުގެ ރާޅުން ހަކަތަ އުފައްދަން ސްޓެލްކޯއިން ދިރާސާއެއް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަޝްރޫއުއަކީ ރާއްޖޭގެ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ހާސިލުކުރުމަށް ފެށި މަޝްރޫއެއް ކަމަށެވެ.

އެ ދިރާސާގައި، ރާޅުން ހަކަތަ އުފެއްދުމަށް ބޭނުންވާ މައުލޫމާތު އެއްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ރާޅުން ހަކަތަ އުފައްދައިގެން، މިހާރު ހުރި އިއާދަކުރަނިވި ހަކަތަ އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތައް ބަލައި މިހާރަށް ވުރެ ވަރުގަދަ އަދި އިތުބާރު ހުރި ހަކަތަ ގްރިޑެއް އުފެއްދުން ކަމަށެވެ.

ރާއްޖެއިން ތެލަށް ބާރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.