09 ނޮވެމްބަރ 2024 - 19:21

ޓޫރިޒަމް ދާއިރާގެ މައުލޫމާތުތައް ހިމެނޭ ރާއްޖޭގެ ޓްރެވަލް މެގެޒިން، "ޓްރެވެލޫޝަން"ގެ ތިން ވަނަ އެޑިޝަން ނެރެފި އެވެ.
މާކެޓިން އެންޑް ޕީއާރު ފާމް، "ދަ ޓްރެވަލް ގާއިޒް" ގެ އެ މެގެޒިން ނެރުނީ ލަންޑަންގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގަ އެވެ.
އެ މެގެޒިން ނެރެދީފައިވަނީ އަދާރަން ރިސޯޓްސްގެ ސޭލްސް އެންޑް މާކެޓިންގެ އެސިސްޓެންޓް ވައިސް ޕްރެޒިޑެންޓް ސުރޭޝް ދިސަޔަނަޔަކަ އެވެ.
މިފަހަރުގެ އެޑިޝަންގައި ރާއްޖޭގެ ރީތިކަމާއި ސަގާފަތް ދައްކުވައިދޭ ލިޔުންތައް ހިމެނޭނެ އެވެ. އޭގެ ތެރެއިން ވެސް ލިޔެލާ ޖެހުމާއި ތުނޑު ކުޑާ ވިއުމާއި ބޮޑުބެރާ ގުޅޭ ހާއްސަ ލިޔުންތައް ހިމެނިފައިވެ އެވެ.
ދަ ޓްރެވަލް ގައިޒްގެ މެނޭޖިން ޑިރެކްޓަރު ފްރާތު މުހައްމަދު ވިދާޅުވީ ޓްރެވެލޫޝަންގެ އާ އެޑިޝަންގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް ނެރޭ އެ މެގެޒިންގެ ލިޔުންތަކާއި ވިޝުއަލް ކޮންޓެންޓަކީ މިހާތަނަށް އެ މެގެޒިންގެ އެންމެ ފުރިހަމަ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރެވެލޫޝަންގެ ހަތަރު ވަނަ އެޑިޝަން ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.