45 މިލިއަން ލީޓަރުގެ ފިއުލް ފާމު ރަސްމީކޮށް ބޭނުންކުރަން ފަށައިފި
45 މިލިއަން ލީޓަރުގެ ފިއުލް ފާމު ރަސްމީކޮށް ބޭނުންކުރަން ފަށައިފި

އެމްއޭސީއެލްގެ އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ނެޓްވޯކް ރަސްމީކޮށް މިއަދު ބޭނުން ކުރަން ފަށައިފި އެވެ.

45 މިލިއަން ލީޓަރުގެ ފިއުލް ފާމު ރަސްމީކޮށް ބޭނުންކުރަން ފަށައިފި
45 މިލިއަން ލީޓަރުގެ ފިއުލް ފާމު ރަސްމީކޮށް ބޭނުންކުރަން ފަށައިފި

އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެކަން ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

45 މިލިއަން ލީޓަރުގެ ފިއުލް ފާމު ރަސްމީކޮށް ބޭނުންކުރަން ފަށައިފި
45 މިލިއަން ލީޓަރުގެ ފިއުލް ފާމު ރަސްމީކޮށް ބޭނުންކުރަން ފަށައިފި

އަލަށް ބޭނުންކުރަން ފެށި 45 މިލިއަން ލީޓަރުގެ ފިއުލް ފާމްގައި ތެޔޮ ރައްކާ ކުރަން ތިން ޓޭންކް ހުންނާނެ އެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމްގެ ކެޕޭސިޓީއަކީ އެންމެ 15 މިލިއަން ލީޓަރެވެ. އާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60 މިލިއަން ލީޓަރަށް އިތުރުވާނެ އެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މުހައްމަދު ޝަރީފު ވިދާޅުވީ، 8.4 ކިލޯ މީޓަރުގެ ލައިނުތައް އެ ހައިޑްރަންޓް ނެޓްވޯކުގައި ހިމެނޭނެ ކަމަށެވެ.

"ލޯންގް ހޯލް ފްލައިޓުތަކަށް ތެޔޮ އަޅަންޏާ އެއީ ދެ ބައުޒަރުގެ ތެޔޮ އެޅުން. އޭގެ މާނައަކީ އެއް ގަޑިއިރާ 30 މިނެޓުގައި ވެސް ބްރިޓިޝް އެއަވޭސް ކަހަލަ ލޯންގް ހޯލް ފްލައިޓަކަށް ވެސް ތެޔޮ އަޅާ ނުނިންމޭނެ ކުރީގެ ނިޒާމުގައި. ހައިޑްރަންޓް ސިސްޓަމް ތައާރަފް ވުމުން މިދެންނެވި އަދަދުން 45-1 ގަޑި އިރު ސަލާމަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ތެޔޮ އަޅަން ގްރައުންޑުގައި ބޯޓެއް އޮންނަ ވަގުތު ކުޑަ ކުރުމުން އުދުހުމަށް ކުރާ ހަރަދު ދަށްވެ، ރާއްޖެއަށް އެއާލައިންތައް އަންނަން އިތުރު ހިތްވަރެއް ލިބޭނެ އެވެ.

އޭނާ ވިދާޅުވީ، އެ ވަރުގެ ސިސްޓަމެއްގައި މަސައްކަތް ކުރާ އިރު ފިއުލް ކޮލިޓީއަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި އެ ކުންފުނީގެ އެ މަސައްކަތުގައި ހަރަކާތްތެރިވަނީ ޕްރޮފެޝަނަލް ޓީމެއް ކަމަށެވެ.

މި ހައިޑްރަންޓް ނެޓްވޯކް އަޅާފައި ވަނީ، ރަންވޭގެ އަޑިން ހޮޅިތަކެއް އަޅައިގެންނެވެ.

ފިއުލް ހައިޑްރަންޓް ނެޓްވޯކާ އެކު ތެޔޮ އެޅުމުގެ މަސައްކަތް ތިން ގުނަ އިތުރުވާނެ އެވެ. ކުރިން ވައިޑް ބޮޑީ އެއާކްރާފްޓަކަށް ތެޔޮ އެޅުމަށް ގަޑިއެއްހާ އިރު ހޭދަވާއިރު ފިއުލް ހައިޑްރަންޓް ނެޓްވޯކާ އެކު އެކަމަށް ހޭދަވާނީ 15 ވަރަކަށް މިނެޓު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ފިއުލް ހައިޑްރަންޓް ސިސްޓަމާ އެކު އެއާ ސައިޑުގައި ކުރިން ބެނުން ކުރާ ތެޔޮ އުފުލާ އުޅަނދުތައް މަދުކޮށް، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރެވޭނެ ކަމަށެވެ.

އާ ފިއުލް ފާމާ އެކު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ލީޓަރު ދޫކުރެވޭނެ ގާބިލްކަން ލިބޭނެ އެވެ. ފިއުލް ފާމު ސަރަހައްދުގައި ތެޔޮ އުފުލާ ބޯޓުތައް ކައިރި ކުރުމަށް ހާއްސަ ފާލަމެއް ހުންނާނެ އެވެ.