މިއަހަރު އަލަށް ޓީޗިން ޑިގްރީ ހަދާ 640 މީހުން، ރެކޯޑް އަދަދެއް
މިއަހަރު އަލަށް ޓީޗިން ޑިގްރީ ހަދާ 640 މީހުން، ރެކޯޑް އަދަދެއް

ޓީޗިން ދާއިރާގެ ޑިގްރީ ކޯސްތަކުގައި މިއަހަރު 640 މީހުން އަލަށް ބައިވެރިވެފައިވާ ކަމަށާއި އެއީ ރެކޯޑް އަދަދެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިއަހަރު އަލަށް ޓީޗިން ޑިގްރީ ހަދާ 640 މީހުން، ރެކޯޑް އަދަދެއް
މިއަހަރު އަލަށް ޓީޗިން ޑިގްރީ ހަދާ 640 މީހުން، ރެކޯޑް އަދަދެއް

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ އަދަދު މަދުވުމަކީ ތައުލީމީ ދާއިރާގެ ކަންބޮޑުވުމެކެވެ. އަދި ސްކޫލުތައް އިތުރުވަމުން ދާއިރު ޓީޗަރުން ނުލިބުމަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ. ހާއްސަކޮށް، ދިވެހި ޓީޗަރުން ނުލިބޭ މައްސަލަ ބޮޑެވެ.

މިއަހަރު އަލަށް ޓީޗިން ޑިގްރީ ހަދާ 640 މީހުން، ރެކޯޑް އަދަދެއް
މިއަހަރު އަލަށް ޓީޗިން ޑިގްރީ ހަދާ 640 މީހުން، ރެކޯޑް އަދަދެއް

އެޑިޔުކޭޝަން މިނިސްޓަރު ޝަފީއު "މިހާރު" އަށް ވިދާޅުވީ ޓީޗިން ދާއިރާއަށް ދިވެހިން އިތުރު ކުރުމަށް އަތޮޅުތަކަށް މިނިސްޓްރީގެ ޓީމުތަކުން ދަތުރުކުރި ކަމަށެވެ.

އޭގެ ނަތީޖާއަކަށްވީ ޕްރައިވެޓް ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި ޓީޗިން ދާއިރާއިން އަލަށް ޑިގްރީ ކިޔަވަން ފެށި ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަހަރު އަލަށް ޓީޗިން ޑިގްރީއަށް ރެކޯޑް އަދަދަކަށް ކުދިން ވަނީ ކިޔަވަން ފަށާފައި. 640 އަށްވުރެ ގިނަ ކުދިން މުޅިން އަލަށް ޑިގްރީ ފަށާފައިވޭ، ހަމަ އެކަނި ޓީޗިން ދާއިރާއިން،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ މި އަހަރު ޓީޗިން ހަދަން ފެށި މީހުންގެ އަދަދަކީ މިދިޔަ 10 އަހަރާ އަޅާ ބަލާއިރު އިތުރު އަދަދެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ދިވެހި ޓީޗަރުން އިތުރު ކުރުމުގެ ފްރޮގްރާމް މިއަދު ރައީސް ވަނީ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި، ޓީޗިން ދާއިރާއިން ކުރިއަށް ދާން އޭލެވެލް ކިޔަވަން ފެށި 135 ދަރިވަރަކަށް ސްކޮލާޝިޕް ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު މަދުވެގެން 150 ދަރިވަރުން ތަމްރީނު ކުރުމަކީ އަމާޒެއް ކަމަށެވެ.

ރާއްޖޭގެ 20 އަތޮޅަށް 2،000 އަށް ވުރެ ގިނަ ޓީޗަރުން މިހާރު ވެސް ބޭނުންވާއިރު، މިނިސްޓްރީން ވަނީ ޓީޗިންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް 1،500ރ.ގެ އެލަވެންސެއް ދޭން ވެސް ނިންމައިފަ އެވެ.

ތައުލީމީ ދާއިރާއަށް ވަންނަ ދިވެހިންގެ އަދަދު މަދުވާ އެއް ސަބަބަކީ މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބުން ކަމަށް ބުނެ، ކުރީގެ ސަރުކާރުން 2022 ގައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރި އެވެ. ނަމަވެސް، އޭގެ ފަހުން ވެސް، ޓީޗިން ދާއިރާއިން ކިޔަވާ މީހުންގެ އަދަދު އިތުރުނުވާ ކަމަށް ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ވަނީ ބުނެފަ އެވެ.