ޓީޗަރަކަށް ވުމަށް ބޭނުންވާ 135 ދަރިވަރަކަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްފި
ޓީޗަރަކަށް ވުމަށް ބޭނުންވާ 135 ދަރިވަރަކަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްފި

ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމުގެ މަގުސަދުގައި އޭލެވެލަށް ކިޔަވަން ފެށި 135 ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން މިއަދު ހަވާލު ކޮށްފި އެވެ.

ޓީޗަރަކަށް ވުމަށް ބޭނުންވާ 135 ދަރިވަރަކަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްފި
ޓީޗަރަކަށް ވުމަށް ބޭނުންވާ 135 ދަރިވަރަކަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްފި

މި 10 އަހަރުގެ ތެރޭގައި އެންމެ ގިނަ ޓީޗަރުން ތަމްރީން ކުރުމަށް ކަނޑައަޅާފައިވާ ހާއްސަ ޕްރޮގުރާމް ފެށުމަށް މިއަދު ހެނދުނު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއުގެ އިތުރުން މިނިސްޓަރުންނާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވި އެވެ.

ޓީޗަރަކަށް ވުމަށް ބޭނުންވާ 135 ދަރިވަރަކަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްފި
ޓީޗަރަކަށް ވުމަށް ބޭނުންވާ 135 ދަރިވަރަކަށް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްފި

އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެ ޕްރޮގްރާމްގައި މި އަހަރު ބައިވެރިވި 135 ދަރިވަރުންނަށް، ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވައިފަ އެވެ. ލިޔުމާ ހަވާލުވީ ކޮންމެ ސްކޫލަކުން އެއް ދަރިވަރެކެވެ.

1. އިހަވަންދޫ ސްކޫލު

2. ކުޅުދުއްފުށީ، ޖަލާލުއްދީން ސްކޫލު

3. މިލަންދޫ ސްކޫލު

4. ފޯކައިދޫ ސްކޫލު

5. ފުނަދޫ ސްކޫލު

6. މޭނާ ސްކޫލު

7. ކެނދިކުޅުދޫ ސްކޫލު

8. ރ. އަތޮޅު ތައުލީމީ މަރުކަޒު

9. ތުޅާދޫ ސްކޫލު

10. ޅ. އަތޮޅު ތައުލީމީ މަރުކަޒު

11. ތޮއްޑޫ ސްކޫލު

12. އުކުޅަހު ސްކޫލު

13. ކެޔޮދޫ ސްކޫލު

14. ފ. އަތޮޅު ތައުލީމީ މަރުކަޒު

15. ދ. އަތޮޅު ތައުލީމީ މަރުކަޒު

16. ގއ. އަތޮޅު ތައުލީމީ މަރުކަޒު

17. އައްޑޫ ހައި ސްކޫލު

18. މާލެ ސީއެޗްއެސްއީ

19. ހުޅުމާލެ ސީއެޗްއެސްއީ

20. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލު

21. އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު

އެ ޕްރޮގްރާމްގައި ގްރޭޑް 11 ގައި އޭލެވެލަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވުމަށް ޝައުގުވެރިވާ ދަރިވަރުން އޭލެވެލްގެ ކިޔެވުމާ އެކު، ޓީޗިން ފައުންޑޭޝަން ނިންމުމަށް ފަހު ޓީޗިން ޑިގްރީ ޕްރޮގްރާމް ވެސް ފަށާނެ އެވެ.

އެ ޕްރޮގްރާމް ފަށާ ކޮންމެ ދަރިވަރަކަށް މަހަކު 1،500ރ. ދިނުމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސްކޫލުތަކަށް ދެހާހެއްހާ ޓީޗަރުން އިތުރަށް ބޭނުންވާ ކަމަށެވެ.