06 ނޮވެމްބަރ 2024 - 20:27

ޖަޕާނުގައި ކުރިން ހުންނެވި ރާއްޖޭގެ ސަފީރު އަދި ފޮރިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށް، ޖަޕާނު އެމްޕެރާ ދެއްވާ ހާއްސަ ޝަރަފެއް އަރުވައިފި އެވެ.

ހަލީލަށް އަރުވާފައިވަނީ "އޯޑާ އޮފް ދަ ރައިސިން ސަން، ގޯލްޑް އެންޑް ސިލްވާ ސްޓާ" ނަމަކަށް ކިޔުނު ޝަރަފެކެވެ.
މިއީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްދޭ ފަރާތްތަކަށް ޖަޕާނުގެ އެމްޕެރާ ދެއްވާ ޝަރަފުގެ އިއްޒަތެކެވެ.
ޙަލީލަށް މި ޝަރަފު އެރުވީ ޖަޕާނު ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް އޭނާ ކޮށްދެއްވި ހިދުމަތަށް އެރުވި ޝަރަފެކެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ މި ޝަރަފު ދިވެއްސަކަށް އެރުވި ފުރަތަމަ ފަހަރު ކަމަށެވެ. މި ޝަރަފަކީ އެ ޖަޕާނަށް ދިގު މުއްދަތަށް ހިދުމަތް ކުރައްވާ ފަރާތްތަކަށް 1875 ގައި އެމްޕެެރާ މެއިޖީ ދެއްވަން ފެށި އެވޯޑެކެވެ.
ހާރިޖީ ދާއިރާގައި 41 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަ ކުރައްވާފައިވާ ހަލީލަކީ މެދުކެނޑުމެއް ނެތި މި ދާއިރާގެ އެންމެ އާދައިގެ މަޤާމުތަކުން ފެށިގެން އެންމެ މަތީ ފަންތީގެ ގިނަ މަގާމުތަކެއްގައި ހުންނަވައިގެން، ގިނަ ހިދުމަތްތަކެއް، ކޮށްދެއްވާފައިވާ މަދު ބޭފުޅުންގެ ތެރޭގައި ބޭފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކުރީ ސަރުކާރުގައި އޭނާއަށް ވަނީ ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު ވެސް އަރުވައިފަ އެވެ.