06 ނޮވެމްބަރ 2024 - 15:19

ކުރީގެ ލޯބިވެރިޔާއާ މާރާމާރީ ހިންގައި، ތުންފަތް ފަޅާލި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ވާ ގޮތުން، އޭނާ ވަނީ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއާ މާރާމާރީ ހިންގައި އޭނާ އަށް ހަމަލާ ދީފަ އެވެ. އެގޮތުން، އެ މީހާގެ ތުންފަތް ފެޅި، އިނގިލިތައް ރަތްވެ، ފަލަމަސްގަނޑުގެ ތަންގަނޑެއް ނޫފައިގެންފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ހާދިސާ ރިޕޯޓާ ހަވާލާދީ ކޯޓު އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުގައި ހާދިސާ ހިނގި ތަނުގައި ލޭ ވެސް ހުއްޓެވެ.
އަނިޔާ ލިބުނު މީހާ ވަނީ ޑޮކްޓަރަށް ދައްކައި ފަރުވާ ވެސް ހޯދައިފަ އެވެ.