06 ނޮވެމްބަރ 2024 - 15:25

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަން ކުރަން މަޖިލީހުން ފާސް ކޮށްފި އެވެ.
މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެ މަގާމަށް އަމީޒާ އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެިރވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ޑެޕިއުޓީ ކޮމިޝަނާގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިހާރު އެ މަގާމުގައި ހުންނެވި އަސްމާ ޝަފީއުގެ ދައުރު މިދިޔަ މަހު 31 އަށް ހަމަވާތީ އެވެ.
ރައީސް ހުށަހެޅުއްވީ އަސްމާ އާއި އަމީޒާގެ ނަމެވެ. އޭގެ ތެރެއިން އިސްކަން ދެއްވާފައި ވަނީ އަމީޒާގެ ނަމެވެ.
އަމީޒާ މިހާރު ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ ޖެނެރަލް އެންފޯސްމެންޓްގެ މަގާމުގަ އެވެ.