ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ބީލަމުގެ އުސޫލުން ވިއްކަން ފަށަނީ
ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ބީލަމުގެ އުސޫލުން ވިއްކަން ފަށަނީ

ވަރުގަދަ ސެކިއުރިޓީ ފީޗާތަކެއް ހިމެނޭ ގޮތަށް، ބީލަމުގެ އުސޫލުން އަންނަ އަހަރު ޑޮމެއިން ވިއްކަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ބީލަމުގެ އުސޫލުން ވިއްކަން ފަށަނީ
ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ބީލަމުގެ އުސޫލުން ވިއްކަން ފަށަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ޑޮމެއިންއާ ގުޅޭ މުއާމަލާތުތައް ކުރީ ސަރުކާރުން ހުއްޓާލާފައި އޮތަސް އެ މުއްދަތުގައި ވެސް ޑޮމެއިން ވިއްކާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ބީލަމުގެ އުސޫލުން ވިއްކަން ފަށަނީ
ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ބީލަމުގެ އުސޫލުން ވިއްކަން ފަށަނީ

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުތަކުން އެކަމުގެ ރިކޯޑުތައް ބަލަހައްޓާފައި އޮތީ ވަރަށް ވިޔާނުދާކޮށެެވެ.

އެކަމަކު ގިނަ ބަޔަކު އަގު ބޮޑުކޮށް ޑޮމެއިން ގަނެފައިވާއިރު އެކަން ހުއްޓާލައިގެން ތިބުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންވެ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަން ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި އަލުން ޑޮމެއިން ވިއްކަން ފަށާއިރު އެކަން ކުރާނީ އިލެކްޓްރޯނިކް ބިޑިން ސިސްޓަމެއްގެ ދަށުންނެވެ.

- ގަވައިދު އިސްލާހުކޮށް ގެޒެޓްކުރުން.

- އަލަށް ސެކިއުރިޓީ ފީޗާއާ އެކު ފަރުމާކޮށްފައިވާ ޑޮމެއިންގެ ރަޖިސްޓްރީ އަދި ބޭނުންކުރުމުގެ ހުއްދަ ދޫކުރަން ފެށުން.

- ފޯޖް ޑޮކިއުމަންޓް ނުހެދޭނެ ގޮތަކަށް ރަޖިސްޓްރީ އަދި ހުއްދަ ތައްޔާރުކުރުން.

- ޑޮމެއިން ހިދުމަތަށް އިދާރީ ހަރުދަނާ އުސޫލެއް

- އާ ސިސްޓަމެއް ގާއިމްކޮށް ޑޮމެއިންގެ ޑޭޓާބޭސް އެއް ވިއުގައަކަށް ގުޅާލުން.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޑޮމެއިން އަކީ ސައްހަ އެއްޗެއް ކަމަށް މިނިސްޓްރީން ފެންނަން ޖެހޭ ކަމަށާއި އެއް ވިއުގައަކުން ގުޅާލަނީ އޯނަރުންނާއި ފުލުހުންނާއި މިނިސްޓްރީއަށް ވެސް ފެންނާނެ ނިޒާމެއް ގާއިމުކުރުމަށެވެ.

އަމީން ވިދާޅުވީ ޑޮމެއިންގެ ވެރި ފަރާތަށް އޮންލައިންކޮށް ބެލޭނެ ނިޒާމެއް ވެސް އޮންނަން ޖެހޭ ކަމަށެވެ. މީހެއްގެ އޯނާޝިޕް އޮންނަ އެއްޗެއް ވިޔަފާރީގެ އުސޫލުން ވިއްކި ކަމުގައި ވިޔަސް އެ މައުލޫމާތު މިނިސްޓްރީގެ ނިޒާމުން ދެއްކުމުން އޭގެ މާކެޓް ވެލިއު މަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ދޫކޮށްފައިވާ ޑޮމެއިންތައް ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިންނަށް ބަދަލުކުރަން ފަށާނީ މި މަހުގެ 17 އިން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

މީގެ ކުރިން ދޫކުރި ލިޔުމުގައި ސެކިއުރިޓީ ފީޗާތައް ފޯޖުކުރުމުގެ ފުރުސަތު އޮންނަ ކަމަށާއި އޭގައި ސީރިއަލް ނަމްބަރާއި ރިކޯޑުތައް ވެސް ފެންނަން ނެތް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އަލަށް ދޫކުރާ ޑޮމެއިންތަކުގައި ސީރިއަލް ނަމްބަރު ވެސް ހުންނާނެ އެވެ.

މިނިސްޓަރު ވިދާޅުވީ މިކަން އަލުން ފަށާއިރު މި ޒަމާނަށް ފެތޭ ގޮތަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ދޫކުރާ ގޮތަށް އަކުރު ލައިގެން ވެސް ޑޮމެއިން ވިއްކި ދާނެ ކަމަަށެވެ. އެފަދަ ގޮތަކަށް ޑިމާންޑް ވެލިއު އުފެއްދިދާނެ ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ ދޫކުރާނީ ތިން ނަމްބަރާއި ހަތަރު ނަމްބަރުގެ ޑޮމެއިންތަކެވެ. އަދި ދެ ނަމްބަރާއި އެއް ނަމްބަރުގެ ޑޮމެއިންތަކާއި އަލްފާ ނިއުމަރިކް ޑޮމެއިން ތައާރަފުކޮށް ވިއްކަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮންމެ ތިން މަހަކުން ޑޮމެއިން ވިއްކާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ކުރިން ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މުޅި ރާއްޖޭގައި 1،400 ޑޮމެއިން ނަމްބަރު ބޭނުން ކުރަމުން އަންނައިރު އޭގެ ތެރެއިން ސައްހައީ 50 ޕަސެންޓެވެ. ބާކީ 50 ޕަސެންޓް ޑޮމެއިންއަކީ ރަނގަޅު ނޫން ޑޮމެއިން ނަމްބަރުތައް ކަމަށް ވިދާޅުވި އެވެ.

އެއީ، މިނިސްޓްރީގެ ރެކޯޑުތަކުން ފެންނަން އޮތް ގޮތުގައި 700 އެވެ.