މައްސަލަ ދިމާވި ދެ ބެޗްގެ ފެން ފުޅިތައް ފިހާރަތަކުން ނަގައިފިން: ތާޒާ
މައްސަލަ ދިމާވި ދެ ބެޗްގެ ފެން ފުޅިތައް ފިހާރަތަކުން ނަގައިފިން: ތާޒާ

މައްސަލަ ދިމާވި ދެ ބެޗުގެ ފެން ފުޅިތައް ފިހާރަތަކުން ނަގާފައިވާނެ ތާޒާއިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ދެ ބެޗެއްގެ ފެނުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގުމާއެކު އެ ހުރިހާ ފުޅިތަކެއް ނަގާފައިވާ ކަމަށެވެ.

މައްސަލަ ދިމާވީ 1465 އަދި 1466 ބެޗުގެ ފެންފުޅިތަކުގަ އެވެ.

"މާކެޓަށް ދޫކޮށްލިތަނާ ހެން ޝަކުވާ ލިބިއްޖެ އެ ފުޅިތަކުގައި ވަހުގެ އަސަރު ހުރުމުން. އެހެންވެ އެ ބެޗުގެ ފެންފުޅިތައް މިހާރު ނަގައިިފިން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެ ބެޗުގެ ފެނުން ވެސް ސިއްހަތަށް ގެއްލުން ލިބޭނެ ފަދަ ކަމެއް ދިމާނުވާނެ ކަމަށާއި މައްސަލަ ދިމާވީ ފެނުގައި ވަހުގެ އަސަރެއް ހުރުމުން ކަމަށެވެ.