އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ހައްޖު ކޯޕަރޭޝަނުން ޒަމްޒަމް ފެން ހަދިޔާކޮށްފި
އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ހައްޖު ކޯޕަރޭޝަނުން ޒަމްޒަމް ފެން ހަދިޔާކޮށްފި

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން (އެމްއެޗްސީ)ގެ ފަރާތުން ޒަމްޒަމް ފެން މިއަދު ހަދިޔާކޮށްފި އެވެ.

އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ހައްޖު ކޯޕަރޭޝަނުން ޒަމްޒަމް ފެން ހަދިޔާކޮށްފި
އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ހައްޖު ކޯޕަރޭޝަނުން ޒަމްޒަމް ފެން ހަދިޔާކޮށްފި

އެ ކުންފުނީގެ ތިން ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި މި ހަރަކާތުގައި ހައްޖު ކޯޕަރޭޝަނުން ވަނީ އައިޖީއެމްއެޗްގެ ޖެނެރަލް ވޯޑުތަކުގައި އެޑްމިޓްކޮށްފައި ތިބި ހުރިހާ އެންމެންނަށް ޒަމްޒަަމް ފެނުގެ އިތުރުން މޭވާ ތައްޓެއް ވެސް ދީފަ އެވެ.

މި ހަރަކާތް ފެށުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ ފާއިތުވި ތިން އަހަަރުގެ ތެރޭގައި އެ ކުންފުންޏަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ އެންމެ ބޮޑު ފައިދާ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ އިތުބާރު ހޯދުންކަމަށް ޔާމީން ވިދާޅުވި އެވެ.

"ހައްޖު ކޯޕަރޭޝަނަކީ ދިވެހި ރައްޔިތުން ބަލައިގަންނަ މުހިއްމު ކުންފުންޏަކަށް މިވަނީ ވެފައި. ފާއިތުވި ތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި ހޯދި ކާމިޔާބީ އަކީ ދިވެހި އެއްވެސް ކުންފުންޏެއް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މިހާ ކާމިޔާބީ ހޯދާފައެއް ނުވޭ. އެއީ އަޅުގަނޑުމެން ވަރަށް ފާހަގަކުރާ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް، ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން "ފަހެލި" ނަމުގައި ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް އަންނަ މަހުން ފެށިގެން ފައިސާ ދެއްކޭނެ ކަން ޔާމީން ފާހަގަކުރެއްވި އެވެ.

ހަދިޔާ ބެހުމުގައި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.