ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަނެއްކާވެސް ފަސްކޮށްފި
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަނެއްކާވެސް ފަސްކޮށްފި

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.

އެ އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މިދިޔަ އޮކްޓޫބަރު 19 އިގަ އެވެ. ފަހުން އެ ތާރީހު ބަދަލުކުރީ މި މަހުގެ 9 އަށެވެ.

ނަމަވެސް ޕީއެންސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އިންތިހާބު މި މަހުގެ 23 ވަނަ ދުވަހަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ، މި އަހަރުގެ ޖުމްހޫރީ ދުވަހާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާއިރު، ގިނަ ބަޔަކު ރަށު ބޭރަށް ދާތީއާ އެކު، 9 ވަނަ ދުވަހު އިންތިހާބު ބާއްވައިފި ނަމަ ތަކުލީފުތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.

އިންތިހާބުގެ ތާރީހު މި މަހުގެ 23 އަށް ފަސްކުރީ ކެންޑިޑޭޓޫންނާއި ގިނަ އަދަދެއްގެ މެމްބަރުންގެ އެދުމުގެ މަތިން ކަމަށް ޕީއެންސީން ބުންޏެވެ.

- ދާއިރާ ރައީސް އަދި ނައިބު ރައީސް.

- ޒުވާނުންގެ ހަރާކާތުގެ ރަށު ރައީސް އަދި އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް.

- ސްޓިއަރިން ކޮމިޓީގެ މެމްބަރުން.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު ހައެއްގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

އެ ޕާޓީން ނިންމާފައި ވަނީ އިންތިހާބު ބާއްވާނެ ދާއިރާތަކާއި ކެންޑިޑޭޓުންގެ ނަންތަކާއި ވޯޓުލާ މީހުންގެ ލިސްޓު މި މަހުގެ 10 ގައި އާންމުކުރާ ގޮތަށެވެ.