ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި
ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި

ރާއްޖޭގައި އެންމެ ފުޅާކޮށް ސިއްހީ ހިދުމަތް ދެމުން އަންނަ އަމިއްލަ ކްލިނިކެއް ކަމަށްވާ، އީވްގެ އާ ކްލިނިކެއް މިރޭ މާލޭގައި ހުޅުވައިފި އެވެ.

ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި
ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި

ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި ހުޅުވި "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި
ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި

އެތަން ހުޅުވުމަށްޓަކައި އެ ކްލިނިކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ހުރިހާ ގައުމެއްގައި ވެސް ސިއްހީ ދާއިރާ ތަރައްގީވެ، ފުޅާވަމުން އަންނަނީ އަމިއްލަ ކުންފުނިތަކާއި ވަކި ފަރުދުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކަމަށެވެ.

ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި
ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި

"ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ފަރާތްތަކުން ރައްޔިތުންނަށް ދެއްވާ މިފަދަ ހިދުމަތްތައް ދެއްވުމުގައި ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ،

ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި
ގިނަ ވަސީލަތްތަކާ އެކު "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވައިފި

އެ ރަސްމިައްޔާތުގައި އީވް ކްލިނިކްގެ ޗެއާމަން ހުސައިން މުހައްމަދުފުޅުގެ ބޭފުޅެއް ކަމަށްވާ ޑރ. ޖައުފަރު ވެސް ވާހަކަ ދެއްކެވި އެވެ.

ޑރ. ޖައުފަރު ވިދާޅުވީ އީވް ވެސްޓް ޕާކް ހުޅުވުމުގެ އެންމެ ބޮޑު މަގުސަދަކީ އެ ކްލިނިކުން ކުރިން ދެމުން އައި ހިދުމަތްތަކާ އެކު، ވަސީލަތްތައް އިތުރު ކުރުން ކަމަށެވެ. އެ ކްލިނިކަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ ކިޔު ކުޑަކުރުމަކީ އެއް މަގުސަދު ކަމަށް އޭނާ ވިދާޅުވި އެވެ. އަނެއް ބޭނުމަކީ ޑރ. ޖައުފަރު ވިދާޅުވިގޮތުގައި ފަސޭހަކަމާ އެކު، ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހޯދައި ދިނުމެވެ.

"ބައްޕަގެ ހިތްވަރާއި އެއްބާރުލުމާ ނުލައި އީވް ކްލިނިކް ކުރި ނޭރީސް. އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓަކަށް ވާނީ މިތަނަށް އާ ހިދުމަތްތައް ތައާރަފް ކުރުން. ރާއްޖޭގައި މިހާރު ލިބެން ނުހުންނަ ހިދުމަތްތައް ތައާރަފް ކުރުން،" ޑރ. ޖައުފަރު ވިދާޅުވި އެވެ.

"އެއީ މިސާލަކަށް ފިޒިއޮތެރަޕީ އާއި ސްކިން ޓްރީޓްމަންޓް އަދި ޑެންޓަލް ޓްރީޓްމަންޓްގެ ވެސް ރާއްޖެ އިން ލިބެން ނުހުންނަ ހިދުމަތްތައް ތައާރަފް ކުރުން."

- ހިތުގެ ބަލިތައް

- ނާރުގެ ބަލިތައް

- ދަތުގެ ބަލިތައް

- ފުުއްޕާމޭގެ ބަލިތައް

- ހޯމޯންގެ ބަލިތައް

- ކިޑްނީގެ ބަލިތައް

- ކުޑަކަމުދާ ނިޒާމުގެ ބަލިތައް

- ނަފްސާނީ ބަލިތައް

- ރޭޑިއޯގްރަފީ، އަލްޓްރާސައުންޑް ސްކޭންގެ ހިދުމަތް

- އެތެރެހަށީގެ ބަލިތައް

- އާންމުބަލިތައް

- ކައުންސިލިންގެ ހިދުމަތް

- ކަރުންމަތީގެ ބަލިތައް

- ކަށީގެ އަދި އޮޕަރޭޝަންގެ ބަލިތައް

- އަންހެނުންގެ ހާއްސަ ބަލިތައް

- ކުޑަކުދިންގެ ހާއްސަ ބަލިތައް

އެންމެ ޑޮކްޓަރަކާ އެކު އީވް ކްލިނިކް ފަރީދީ މަގުގައި ހުޅުވީ ޖެނުއަރީ 2010 ގަ އެވެ. އޭރު އެ ތަނުގައި މަސައްކަތް ކުރެއްވީ މިހާރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް އެކަންޏެވެ.

ނަމަވެސް މިހާރު އެއީ ރާއްޖޭގައި އެންމެ ފުޅާކޮށް ސިއްހީ ހިދުމަތް، ގިނަ އަދަދެއްގެ މުވައްޒަފުންނާ އެކު، ދެމުން އަންނަ ކްލިނިކެކެވެ.