31 އޮކްޓޯބަރ 2024 - 17:04

އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް ބަޖެޓު ކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ވަނީ 2.5 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ރަހުމަތްތެރި ގައުމުތަކުން 2.3 ބިލިއަން ރުފިޔާ ހޯދަން ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.
އިންޑިއާގެ އިތުރުން ދެވަނައަށް އެންމެ ބޮޑު އަދަދެއް ހިލޭ އެހީގެ ގޮތުގައި ހޯދަން ކަނޑައަޅާފައިވަނީ ޗައިނާ އިންނެވެ. އެގައުމުން ލިބޭނެ ކަމަށް އޮތީ 502 މިލިއަން ރުފިޔާ އެވެ. ތިން ވަނައަށް އެންމެ ބޮޑު އަދަދެއް ހިލޭ އެހީގެ ގޮތުގައި ދެނީ ޖަޕާނުންނެވެ. އެއީ 47 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން ޕާކިސްތާނާއި އިޓަލީ އާއި ސައުދީ އަރަބިއްޔާ އާއި ނެދަލެންސް އިން ވެސް އެހީ ލިބޭނެ ކަމަށް ބަޖެޓުގައިވެ އެވެ.
މާލީ އިދާރާތައް މެދުވެރިކޮށް 336 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ބަޖެޓުގައި ލިޔެފަ އެވެ.
އަންނަ އަހަރު ލޯނުގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ނަގަން ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. އޭގެ ތެރެއިން ވިޔަފާރި ބޭންކްތަކުން 6.6 ބިލިއަން ރުފިޔާ ހޯދަން ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މިއަދު ވަނީ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.