ހައްޖާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
ހައްޖާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ

ހައްޖާއި އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް ހާއްސަކޮށް އެވޯޑެއް ދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
ހައްޖާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ

"ހައްޖު އުމްރާ ކޮންފަރެންސް" ފެށުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ހިދުމަތުގެ ގޮތުން ރަނގަޅު ކުންފުނިތަކަށް އެވޯޑެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކަނޑައަޅާ ވަކި އުސޫލެއްގެ ތެރެއިން އެ އެވޯޑް ކުންފުނިތަކަށް ދޭނީ އަންނަ އަހަރުން ފެށިގެން ކަމަށާއި އެގޮތުން ހިދުމަތުގެ އެންމެ ރަނގަޅު ފަސް ކުންފުންޏަކަށް ކޮންމެ އަހަރަކު ވެސް އެ އެވޯޑު ދޭނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ
ހައްޖާއި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެވޯޑް ދޭން ފަށަނީ

މިއަދު ފެށި ކޮންފަރެންސްގައި، އެ އެވޯޑް ދޭން ގޮތަކާ މެދު މަޝްވަރާ ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މި އެވޯޑުގެ ސަބަބުން އެ ޖަމާއަތުގެ މާކެޓިންއަށް ލިބޭނެ ވަރަށް ބޮޑު ބާރެއް. އެހެންވީމާ މިހާރުން ފެށިގެން ވެސް މަސައްކަތް ކުރަންވީ ހޯދުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެ އެވޯޑު ދޭނީ ކޮންމެ އަހަރެއްގެ ވެސް ހައްޖު އުމްރާ ކޮންފަރެންސްގަ އެވެ. އަންނަ އަހަރުގެ ކޮންފަރެންސްގައި ރާއްޖޭގައި ހައްޖާއި އުމްރާގެ ހިދުމަތް ދޭ ގްރޫޕްތައް ޕްރޮމޯޓްކުރަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

މިއަދުގެ އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގައި ދިގު މުއްދަތަށް ހިދުމަތް ކުރައްވާފައިވާ ތިން ބޭފުޅަކަށް އެވޯޑް ދީފަ އެވެ.

1. އަލްމަރުހޫމް އަބްދުއްލަތީފް ހުސެއިން މަނިކު (އަތަމާ އަބްދުލްލަތީފް)

2. އަލްމަރުހޫމް ދިއްދޫ އިބްރާހިމް ކަލޭފާނު

3. މުހައްމަދު ޔޫސުފް މޫސާ

އެ އެވޯޑުތައް ހަވާލުކޮށް ދެއްވީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.