އެއާޕޯޓު ބޯޑަރުގައި ބޭނުންކުރާނެ ސިއްހީ ސާމާނުތަކެއް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި
އެއާޕޯޓު ބޯޑަރުގައި ބޭނުންކުރާނެ ސިއްހީ ސާމާނުތަކެއް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި

އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް މައިގްރޭޝަން (އައިއޯއެމް) އާއި ޖަޕާން ސަރުކާރު ގުޅިގެން ރާއްޖޭގެ ބޯޑަރުތަކުގައި ސިއްހީ ގާބިލްކަން އިތުރުކުރުމުގެ ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.

އެއާޕޯޓު ބޯޑަރުގައި ބޭނުންކުރާނެ ސިއްހީ ސާމާނުތަކެއް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި
އެއާޕޯޓު ބޯޑަރުގައި ބޭނުންކުރާނެ ސިއްހީ ސާމާނުތަކެއް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ސީޕްލޭން ޓާމިނަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލު ކޮށްދެއްވީ ޖަޕާނުގެ ސަފީރު މިދޯރީ އެވެ. ރާއްޖެއިން އެ ތަކެއްޗާ ހަވާލުވެ ވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެއާޕޯޓު ބޯޑަރުގައި ބޭނުންކުރާނެ ސިއްހީ ސާމާނުތަކެއް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި
އެއާޕޯޓު ބޯޑަރުގައި ބޭނުންކުރާނެ ސިއްހީ ސާމާނުތަކެއް ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފި

އެ ތަކެތި ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫ އިން ރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނެސްދޭނެ ކަމަށެވެ.

އެއީ 2040 ވަނަ އަހަރާ ހަމައަށް ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުމަށް ކުރެވޭ މަސައްކަތުގައި މުހިންމު ފިޔަވަޅެއް ކަމަށާއި އޭގެ ސަބަބުން އާންމު ސިއްހަތުގެ އޮނިގަނޑުގެ ތެރެއިން އިތުބާރު އަދި ގާބިލްކަން އުފެއްދުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ސްޓްރެންތެނިން ކެޕޭސިޓީ އޮފް ބޯޑާ ކޮންޓްރޯލް ފޯ ރެސްޕޮންޑިން ޓު އިންފެކްޝަސް ޑިޒީޒް އިން ސައުތު ވެސްޓް އޭޝިއާ" މަޝްރޫގެ ސަބަބުން ރާއްޖޭގެ ބޯޑަރުން އެތެރެވާ ޓޫރިސްޓުންގެ ސިއްހީ ރައްކާތެރިކަމާ އެކު ސްކްރީން ކުރުމަށް މަގުފަހިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި އެކަކު އަނެކަކާ ދިމާވާނެ ގޮތް މަދުކުރުމާއި މަޑުކުރަންޖެހޭ ވަގުތާއި ތޮއްޖެހުން ވެސް މަދުކުރެވި، ޓޫރިޒަމް ވިޔަފާރީގެ ދަތުރުފަތުރުތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.