30 އޮކްޓޯބަރ 2024 - 11:42

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ހާއްސަ އިވެންޓެއް ހުކުރު ދުވަހުގެ ރޭ އޮންނާނެ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މި އިވެންޓް ބާއްވަނީ އެމްއައިބީގެ އާ ޕްރޮޑްކްޓުތަކެއް ލޯންޗުކުރުމަށެވެ. އިވެންޓް އޮންނާނީ ހުކުރުދުވަހުގެ ރޭ 8:30 ގަ އެވެ. މި އިވެންޓުގައި 8:30 އާއި 9:00 އާ ދެމެދު ހަވާ އަރުވަން ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ހަރަކާތުގެ އިތުރުން ހުކުރު ދުވަހު ހަވީރު ސެންޓްރަލް ޕާކުގައި އެމްއައިބީން ބާއްވާ ކުޑަކުދިންގެ ހަވީރެއް ވެސް އޮންނާނެ އެވެ. މި ހަވީރުގައި ކުޑަކުދިންނަށް މަޖާ، ކަމުދާނެ އެކި ގޭމު ސްޓޯލުތައް ހުންނާނެ އެވެ.
އެމްއައިބީ އަކީ ރާއްޖޭގެ ބެންކިން ދާއިރާގައި ތަފާތު އެކި ޕްރޮޑަކްޓުތައް ތައާރަފްކޮށްފައިވާ ބެންކެވެ. މި ބެންކުގެ "އުޖާލާ ފައިނޭންސިން" ފެސިލިޓީ އާއި ޕެޓީ ކޭޝް މެނޭޖުކުރުމަށް ދާދި ފަހުން ނެރުނު ވިސާ އެކްސްޕެންސް ބިޒްނަސް ކާޑު ފަދަ ޕްރޮޑަކްޓުތަކަކީ އެ ބެންކުގެ މަގުބޫލު ޕްރޮޑަކްޓުތަކެވެ.