05 މާޗް 2017 - 11:18

އެކި މައްސަލަތަކުގައި އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 21 ކިލޯގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ކ. ދޫނިދޫގައި ނައްތާލާފައިވަނީ 2004 އިން ފެށިގެން 2008 އާ ހަމަ އަށް އަތުލައިގެންފައި ހުރި މަސްތުވާތަކެއްޗެވެ. އެއީ 20 ކިލޯގެ ހެރޮއިންނާއި 1.25 ކިލޯގެ ކެނަބިސް އެވެ. މީގެ އިތުރުން މަސްތުވާތަކެތި ބަންދު ކުރަން ގެންގުޅޭ އެއްޗެހިތަކެއް ވެސް ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެހާ ގިނަ އަދަދެއްގެ ހިކި މަސްތުވާތަކެތި އެއް ފަހަރާ ނައްތައިލި ފުރަތަމަ ފަހަރެވެ. އެ ތަކެތި ނައްތައިލީ އެކަމާ ބެހޭ ކޮމެޓީގެ މެމްބަރުންގެ ހާޒިރުގަ އެވެ. އެ ކޮމެޓީގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލުންނާއި ފަނޑިޔާރުން ވެސް ހިމެނެ އެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ އަތުލައިގެންފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލައިފަ އެވެ.