ބީއެމްއެލްއިން 6 ރަށަކަށް 300 ބައިސްކަލް ހަދިޔާކޮށްފި
ބީއެމްއެލްއިން 6 ރަށަކަށް 300 ބައިސްކަލް ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަ ރަށަކަށް 300 ބައިސްކަލް ހަދިޔާކޮށްފި އެވެ.

ބީއެމްއެލްއިން 6 ރަށަކަށް 300 ބައިސްކަލް ހަދިޔާކޮށްފި
ބީއެމްއެލްއިން 6 ރަށަކަށް 300 ބައިސްކަލް ހަދިޔާކޮށްފި

މި ބައިސްކަލްތައް ހަދިޔާ ކޮށްފައިވަނީ ހަ ރަށެއްގެ ޖައްމިއްޔާތަކާ ގުޅިގެންނެވެ.

އެ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ކ. މާފުށި، ނ. މަނަދޫ، މ. މުލައް އަދި ގއ. ވިލިނގިއްޔެވެ. މި ބައިސްކަލްތަކަކީ 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ބޭނުން ކުރެވޭނެ ގޮތަށް އަމާޒުކޮށް ހަދިޔާކުރި ބައިސްކަލްތަކެކެވެ.

ބީއެމްއެލް އިން ބުނީ ބައިސްކަލް ހަދިޔާ ކުރީ ޒުވާނުން މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އާދަކުރުވުމާއި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރަން ހިތްވަރުދިނުމަށް ކަމަށެވެ.

ބީއެމްއެލްއިން އަންނަނީ ޒުވާނުންގެ ސިއްހީ ދުޅަހެޔޮކަމަށް ހިތްވަރުދޭ ކުޅިވަރުތަކަށާއި ތިމާވެއްޓާއި ރައްޓެހި އާދަތައް އަށަގެންނެވުމަށް އެކި ޕްރޮގުރާމްތައް ހިންގަމުންނެވެ.