27 އޮކްޓޯބަރ 2024 - 16:52

ހުޅުމާލޭ ފޭސް ދޭއްގައި ބޭނުންނުކުރާ އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ބޭނުންނުކޮށް ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން ރިޕޯޓުކުރީ މިއަދު ހަވީރު 4:00 ހާއިރު ކަމަށެވެ.
އަދި އަލިފާން ނިއްވާލުމުގެ މަސައްކަތް ހުޅުމާލޭ ފަޔާ އެންޑް ރެސްކިއު ޓީމުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެކަމަކު އެ ހާދިސާ ހިނގަން މެދުވެރިވެ ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހިޔާ ފްލެޓްތަކާ ދިމާލުން އޮންނަ ބޮޑު ހުސް ބިމުގައި ހަދާފައިވާ އެ އެކޮމޮޑޭޝަން ބްލޮކްގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު މުޅި ސަރަހައްދުގައި ވަނީ ދުންބޯވެފަ އެވެ.