ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް
ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް

މީގެ ކުރިން ބ. ގޮއިދޫ އަންހެނުން ވަނީ ދޯނިފަހަރުގައި މަހަށް ނުކުމެ، އެކަމުގައި ފިރިހެނުންނަށް ގޮން ޖަހައިފަ އެވެ. މި ފަހަރު ވެސް އެ މީހުންގެ ހިތްވަރު ފެނިއްޖެ އެވެ. އެ ރަށުގައި ހިންގާ ސޯލާ ޕްރޮޖެކްޓުގެ ދަށުން ކޭބަލް ވަޅުލުމުގެ މަސައްކަތާ ރަށުގެ އަންހެނުން ހަވާލުވިތާ، ދޮޅު ގަޑިއިރުގެ ތެރޭގައި އެ މީހުން މަސައްކަތް ނިންމައި އެންމެން މި ވަނީ ހައިރާން ކޮށްލާފަ އެވެ.

ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް
ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް

ގޮއިދޫގައި ސަރުކާރުން ކުރިއަށް ގެންދާ ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ކުންފުންޏަކުންނެވެ. އެކަމަކު ޕެނަލް ހަރުކޮށްފައި ހުންނަ ސަރަހައްދުން ރަށުގެ އިންޖީނުގެ އަށް ކޭބަލް ގުޅުމަށް، ކޯރު ކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތާ ހަވާލުވީ ގޮއިދޫ ސްކޫލުގެ ޕީޓީއޭންނެވެ. ސްކޫލަށް ފައިސާ ހޯދުމަށް ސްކޫލުގެ ހުރިހާ އަންހެން ބެލެނިވެރިން ނިކުމެ، އެ މީހުން ވަނީ އެންމެ ދޮޅު ގަޑިއިރުގެ ތެރޭގައި 2،500 ފޫޓަށް ކޯރު ކޮނެ ކޭބަލް ވަޅުލާފަ އެވެ.

ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް
ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް

މި މަސައްކަތުން އެ މީހުން ވަނީ 72،000 ރުފިޔާ ސްކޫލަށް ހޯދައިދީފަ އެވެ.

ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް
ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް

"އަޅުގަނޑުމެން ހަގީގަތުގައި ވެސް ހައިރާން ވެއްޖެ. ހިޔެއް ނުކުރަން މިހާ އަވަހަށް މި މީހުން މަސައްކަތް ނިންމާލާނެ ކަމަކަށް،" ގޮއިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވި އެވެ.

ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް
ގޮއިދޫ އަންހެނުންގެ ފަރާތުން އަނެއްކާ ވެސް ހައިރާންވާ ވަރުގެ ކަމެއް

"މިއީ ހަމަ ފިސާރި އަންހެނުންތަކެއް،"

ކޭބަލް ވަޅުލުމަށް ކޯރު ކޮނުމަށް އަންހެނުން ނުކުތީ އުދައްޔާއި ފަކީރާ ފަދަ އާލާތްތައް ހިފައިގެންނެވެ. ބައެއް އަންހެނުން، ބަދިގޭގައި ގެންގުޅޭ ތެލި ތައްޓާއި އުނދުޅި ފަދަ ތަކެތި ވެސް މަސައްކަތުގައި ބޭނުން ކުރި އެވެ.

އެހެންވެ، އަންހެންވެރިން މަސައްކަތް ނިންމާލީ ރަށުގެ ޒުވާނުންނާއި ފިރިހެނުން ދެމުން ދިޔަ ހިއްވަރާ އެކުގައި ވަރަށް ފޯރީގަ އެވެ.

ކޯރު ކޮނުމުގެ އިތުރުން ކޭބަލް އަޅައި ވަޅުލުމާ ހަމަ އަށް އަންހެނުން އެ މަސައްކަތުގައި ބައިވެރިވި އެވެ. އަދި މަސައްކަތުގައި ބައިވެރިވި މީހުންނާއި ރަށުގެ ފިރިހެނުންނާއި ޒުވާނުންނަށް ކައްކައިދިނީ ވެސް އަންހެނުންނެވެ.

"މި ކަހަލަ މަސައްކަތްތަކުގައި ގޮއިދޫގެ އަންހެނުން ފިރިހެނުންނަށް ދުލެއް ނުކުރާނެ. މި މަސައްކަތްތަކުގައި ރަށުގެ އެންމެން ވެސް ބައިވެރިވާނެ. މިއީ ހަމަ އެކުވެރިކަމުގައި ނަމޫނާ ރަށެއް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ގޮއިދޫ ސްކޫލަކީ އަތޮޅު ފެންވަރުގަ އާއި މާލޭގައި ބާއްވާ ވޮލީ މުބާރާތްތަކުގައި ބައިވެރިވާ ސްކޫލެކެވެ. އެހެންވެ، އެ ފަދަ ދަތުރުތަކަށް ހޭދަ ކުރުމަށް ގިނަ ފައިސާ ބޭނުންވާ ކަމަށާއި ބެލެނިވެރިން މަގު ކޮންނަން ނުކުތީ ވެސް ސްކޫލަށް ފައިސާ ހޯދައިދިނުމަށް ކަމަށް އާމިރު ވިދާޅުވި އެވެ.

ގޮއިދޫ އަންހެނުންގެ މި ހިތްވަރު އެ ރަށުގެ ފިރިހެނުން ބަލައިގަނެ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ވެސް ހެނދުނާއި ހަވީރު ރަށުގެ އަންހެނުން ކަސްރަތު ކުރާއިރު، އެ މީހުންނަށް ވަރަށް ފަހުން ރަށުގެ ފިރިހެންވެރިން ވަނީ ސަޕްރައިޒް ހަދިޔާއެއް ވެސް ދީފަ އެވެ.

ރަށުގެ ވަކި ސަރަހައްދެއް ސާފުކޮށް، އެތަނުގައި ކަސްރަތު ކުރެވޭނެ ގޮތް ހަދައިދީފައިވާ އިރު، މޫދަށް އެރި އުޅުމަށް ވެސް ވަކި ސަރަހައްދެއް ވަނީ އެ ރަށުގެ އަންހެނުންނަށް ވަނީ ހަދައިދީފަ އެވެ.

ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ މި އެކުވެރިކަން ކައުންސިލުން ފާހަގަ ކުރީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގަ އެވެ.

"އެހެން ރަށްރަށުގައި އޮންނަ ކަހަލަ ސިޔާސީ ބައިބައި ވުމެއް، ހަމަ ނުޖެހުމެއް ނޯންނާނެ. މަސައްކަތެއް ވިއްޔާ ރަށުުގެ ހުރިހާ އެންމެން ވެސް އެކަމުގައި ބައިވެރިވާނެ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.