ރައީސްގެ ބައްޕާފުޅު އަލްމަރުހޫމް ޝައިހް ހުސެއިންއަށް ހައި ކޯޓުގެ އެވޯޑެއް
ރައީސްގެ ބައްޕާފުޅު އަލްމަރުހޫމް ޝައިހް ހުސެއިންއަށް ހައި ކޯޓުގެ އެވޯޑެއް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަލްމަރުހޫމް ޝައިހް ހުސައިން އަބްދުއްރައްމާން ހައި ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ކުރެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ކޯޓުން މިރޭ އެވޯޑެއް ދީފި އެވެ.

ރައީސްގެ ބައްޕާފުޅު އަލްމަރުހޫމް ޝައިހް ހުސެއިންއަށް ހައި ކޯޓުގެ އެވޯޑެއް
ރައީސްގެ ބައްޕާފުޅު އަލްމަރުހޫމް ޝައިހް ހުސެއިންއަށް ހައި ކޯޓުގެ އެވޯޑެއް

ހައި ކޯޓުގެ 44 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ސީއެޗްއެސްއީގައި ބޭއްވި ހަފުލާގައި، ހައި ކޯޓުގައި ހިދުމަތް ކުރެއްވި ފަނޑިޔާރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ވަނީ އެވޯޑު ދީފަ އެވެ. ރައީސް ބައްޕާފުޅު އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ކުރެއްވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއްގެ ގޮތުގައި ފަނޑިޔާރުންގެ ގައުނެއް ހަވާލުކޮށް ދެއްވީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެވެ. އެވޯޑާ ހަވާލުވެވަޑައިގަތީ ހުސައިން އަބްދުއްރަހުމާންގެ ހުންނެވި ހަމައެކަނި ދަރިކަލުން ރައީސް މުއިއްޒެވެ.

ދީނީ އިލްމުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހުސައިން އަބްދުއްރަހްމާން ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވީ 1980 ވަނަ އަހަރު އެވެ. އޭގެ ފަހުން އެޓާނީ ޖެނެރަލްގެ ނައިބުކަމުގެ މަގާމު ވެސް އަދާކުރެއްވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު ހުސައިން އަބްދުއްރަހްމާނަށް ވަނީ ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމާއި ދީނީ ތައުލީމަށް ކުރެއްވި ހިދުމަތާ ގުޅިގެން ގައުމީ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.