ކުށްކުރުމާ ދެކޮޅަށް ބަންގްލަދޭޝް އިން ހައްޔަރުކުރި މީހުންގެ އަދަދު 8،000 އަށް
ކުށްކުރުމާ ދެކޮޅަށް ބަންގްލަދޭޝް އިން ހައްޔަރުކުރި މީހުންގެ އަދަދު 8،000 އަށް

ޑާކާ (ޖޫން 13) - ބަންގްލަދޭޝްގައި އިތުރުވަމުންދާ މީހުން މެރުމުގެ ކުށްތަކާ ގުޅިގެން ފުލުހުން ފެށި އޮޕަރޭޝަނުގައި ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 8،000 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކުށްކުރުމާ ދެކޮޅަށް ބަންގްލަދޭޝް އިން ހައްޔަރުކުރި މީހުންގެ އަދަދު 8،000 އަށް
ކުށްކުރުމާ ދެކޮޅަށް ބަންގްލަދޭޝް އިން ހައްޔަރުކުރި މީހުންގެ އަދަދު 8،000 އަށް

ފުލުހުންގެ ތަރުޖަމާން ކަމުރުލް އަހުސަން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވެސް 3،245 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހުން ފެށިގެން މިހާތަނަށް 8،192 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުށްކުރުމާ ދެކޮޅަށް ބަންގްލަދޭޝް އިން ހައްޔަރުކުރި މީހުންގެ އަދަދު 8،000 އަށް
ކުށްކުރުމާ ދެކޮޅަށް ބަންގްލަދޭޝް އިން ހައްޔަރުކުރި މީހުންގެ އަދަދު 8،000 އަށް

ފުލުހުން މިހާރު ވަނީ 1،000 އަށް ވުރެ ސައިކަލް ވެސް ހިފަހައްޓައިފަ އެވެ. ހަމަލާ ދިނުމަށް ސައިކަލްތައް ބޭނުން ކުރާތީ ސަރުކާރުން ދާދި ފަހުން ވަނީ ސައިކަލަށް އެކަކަށް ވުރެ ގިނަ މީހުން އަރައިގެން ދުއްވުން މަނާކޮށްފަ އެވެ.

ބަންގްލަދޭޝްގައި އެންމެ ފަހުން ހިންގި ގަތުލުގައި ހިންދޫ އިސް މީހަކު މަރާލުމާ ގުޅިގެން ޕަބްނާ އަވަށުން ވަނީ ޕާޓް-ޓައިމް އިމާމަކު ހައްޔަރުކޮށްފަ އެވެ. ބަންގްލަދޭޝްގެ 160 މިލިއަން މީހުންގެ އާބާދީގައި 90 ޕަސެންޓަކީ މުސްލިމުންނެވެ. ހިންދޫންގެ ނިސްބަތަކީ އަށް ޕަސެންޓެވެ.

މީހުން މެރުމުގެ ސިލްސިލާގައި ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭ ވަނީ 50 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ.

ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވަނީ ކޮންމެ މަރެއްގެ ވެސް ގާތިލްގެ ފަހަތުން ދުވެ އަތުލައިގަންނާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެކަމަނާ ވިދާޅުވީ ސަރުކާރު ވައްޓާލަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އިދިކޮޅު ބީއެންޕީ އާއި އެންމެ ބޮޑު އިސްލާމީ ޕާޓީ ކަމަށްވާ ޖަމާއަތު އިސްލާމް ޕާޓީން އުޅެނީ ގައުމުގައި ހަމަނުޖެހުން އުފައްދާ ހަލަބޮލިކޮށްލަން ކަމަށެވެ

ބަންގްލަދޭޝްގެ އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަނީ މިއީ ސަރުކާރާ ދެކޮޅު ސިޔާސީ ފަރާތްތައް ހައްޔަރު ކުރަން ފެށި ކެމްޕޭނެއް ކަމަށެވެ. ބީއެންޕީން ބުނެފައި ވަނީ އެ ޕާޓީ އަށް ނިސްބަތްވާ އެތައް ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. --އޭއެފްޕީ