24 އޮކްޓޯބަރ 2024 - 22:08

ހުޅުމާލޭ ފަޅުތެރޭ ދެ ޑިންގީ އެކްސިޑެންޓުވެ މީހަކު ގެއްލިގެން ހޯދަން ފެށި ކަމަށް ބުންޏަސް އެ ހާދިސާގައި މޫދަށް ވެއްޓުނީ މީހަކު ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ފުރަތަމަ ބުނީ މިރޭ ހުޅުމާލޭ ވެމްކޯ ޖެޓީއާ ދިމާލުން ދެ ޑިންގީ ޖެހި ހިނގި ހާދިސާގައި އެތަނުން އެއް ޑިންގީގައި އިން މީހަކު މޫދަށް ވެއްޓި ގެއްލިފައިވާ ކަމަށެވެ.
ނަމަވެސް ފަހުން ބުނީ މޫދަށް ވެއްޓުނީ މީހަކު ނޫން ކަމަށާއި ޑިންޑީގައި ހުރި ތަކެތި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މިހާރު ވަނީ އެ ތަކެތި މޫދުން ނަގައިފަ އެވެ.
ގިނަ އަދަދެއްގެ ސަފާރީތައް ހުޅުމާލޭ ފަޅުގައި އަޅައިގެން ތިބޭއިރު އެ އުޅަނދުތަކަށް އަރައި ފައިބަން ބޭނުންކުރާ ޑިންޑީތައް އެކްސިޑެންޓުވެ ނުރައްކާތެރި ހާދިސާތައް ހިނގާފައިވެ އެވެ. އެކަމަކު މިރޭގެ ހާދިސާގައި މީހަކަށް އަނިޔާއެއްވި ކަމަކަށް ފުލުހުން ނުބުނެ އެވެ.