ހަމްދާންގެ އައިޑޮލް ދަތުރު ކުރުކޮށްލައި ގެއަށް ދާން ޖެހިއްޖެ
ހަމްދާންގެ އައިޑޮލް ދަތުރު ކުރުކޮށްލައި ގެއަށް ދާން ޖެހިއްޖެ

ސީޒަން ދޭއްގެ ގަދަ 12އާ ހަމައިން މުހައްމަދު ހަމްދާންގެ މޯލްޑިވިއަން އައިޑޮލް ދަތުރު ނިންމާލަން ޖެހިއްޖެ އެވެ.

ހަމްދާންގެ އައިޑޮލް ދަތުރު ކުރުކޮށްލައި ގެއަށް ދާން ޖެހިއްޖެ
ހަމްދާންގެ އައިޑޮލް ދަތުރު ކުރުކޮށްލައި ގެއަށް ދާން ޖެހިއްޖެ

ރ. މީދު އަށް އުފަން ހަމްދާން، 18، ރޭ މުބާރާތުން ކަޓައިގެން ދިއުމުން، އައިޑޮލް އަށް އޭނާ ކުރި އުންމީދުތައް ނިމުމަކަށް އައީ އެވެ.

ހަމްދާންގެ އައިޑޮލް ދަތުރު ކުރުކޮށްލައި ގެއަށް ދާން ޖެހިއްޖެ
ހަމްދާންގެ އައިޑޮލް ދަތުރު ކުރުކޮށްލައި ގެއަށް ދާން ޖެހިއްޖެ

ހުކުރު ދުވަހުގެ ރޭ ގެނެސް ދިން ގާލާގެ ފުރަތަމަ ރައުންޑްގައި ހުށަހަޅައިދިން ލަވައާ އެކު، ނިކުތް ނަތީޖާ އިން، ހަމްދާން މުބާރާތުން ކަޓައިގެން ދިޔައީ ބޮޓަމް ތުރީ އަށް ގޮސް، ހޫނު ގޮނޑި ތަޖުރިބާ ކުރުމަށް ފަހު އެވެ.

އޭނާއާ އެކު ފުލަށް ދިޔަ އަނެއް ދެ ބައިވެރިންނަކީ ޝަޒާ އަބްދުﷲ ރަޝީދާއި އަހުމަދު ފަރަޝް އެވެ.

ހޫނު ގޮނޑީގައި އިނދެގެން ހަމްދާން ބުނީ ބުނާނެ އިތުރު އެއްޗެއް ނެތް ކަމަށާއި ރަނގަޅު ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ވަކިވެގެން ދިއުމުގެ ކުރިން ހަމްދާން އައިޑޮލް ނިންމައިލީ "ހިތުގާވާ އުފާ" ލަވައިންނެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގަދަ 11 ރޭ ވަނީ ކަށަވަރުވެފަ އެވެ.

1. ޝަޒާ އަބްދުﷲ ރަޝީދު

2. މުހައްމަދު ތަސްނީމް (ބޮބް)

3. އިބްރާހީމް ވަހީދު (ބޮޑުބެ)

4. މުހައްމަދު ރީހާން

5. ޝަމްވީލް މުހައްމަދު (ބޮރޯ)

6. ހަމޫދު އަހުމަދު (އަލްވިން)

7. އަހުމަދު ނަބީލް މުހައްމަދު

8. ހުސައިން އިރުފާން (ޒަކިއްޓެ)

9. އަބްދުﷲ ހިޝާން

10. އަހުމަދު ފަރަޝް

11. އައިޝަތު ޖައިޝާ ވަހީދު (ޖައި)

ފޯރި ގަދަ އަދި ރީތި ހުށަހެޅުންތަކެއް ފެނިގެން ދިޔަ ރޭގެ ޝޯ ހާއްސަވެގެން ދިޔައީ ކުރީގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ފާތުމަތު ރައޫފުގެ ލަވަތަކަށެވެ. ޝޯގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވި ފާތުމަތު ރައޫފް ލަވަ ވެސް ހުށަހަޅައިދިނެވެ.

އުމުރުން 13 އަހަރުން ފެށިގެން މިއުޒިކް ދާއިރާގައި 45 އަހަރު ހޭދަކޮށްފައިވާ ފާތުމަތަކީ، ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ލަވަތަކެއް ގެނެސް ދީފައިވާ ފަންނާނެކެވެ.

ރޭ ޖަޖުން ބުނީ ފާތުމަތު ރައޫފު ރާއްޖޭގެ މިއުޒިކީ ދާއިރާ އަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު އަބަދުވެސް ދިވެހިން ފާހަގަ ކުރާނެ ކަމަށެވެ. އަދި އެ މީހުންގެ ކެރިއާ ބިނާ ކުރުމުގައި ކުރީގެ ފަންނާނުންގެ ނުފޫޒު ބޮޑު ކަމަށް ބުންޏެވެ.

އޭނާ ކިޔާފައިވާ ބައެއް ސޯލޯ ލަތަކާއި ޑުއެޓް ލަވަތައް ރޭ ބައިވެރިން ވަނީ ޖޯޑު ޖޯޑަށް ހުށަހަޅައި ދީފަ އެވެ.

ފާތުމަތު ވަނީ އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރެއިން ދިވެހިންގެ ތެރޭގައި ފަނޑުވުމެއް ނެތި އަދިވެސް އެހާމެ މަގުބޫލު ލަވައެއް ކަމަށްވާ "އޯގާވެރިވޭ ލޯބިވާ"ގެ ދެތިން ކަޑިއެއް ހުށަހަޅައި ދީފަ އެވެ. އެ ލަވައަކީ 1998 ގައި ރިލީޒް ކުރި ފިލްމް "އަމާނާތް" އަށް އުމަރު ޒާހިރާ އެކު ފާތުމަތު ކިޔާފައިވާ ލަވައެކެވެ.

ފާތުމަތު ވަނީ މޯލްޑިވިއަން އައިޑޮލް ސްޓޭޖް ދޫކޮށް ދިއުމުގެ ކުރިން، ހުރިހާ ބައިވެރިންނަށް ނަސޭހަތެއް ވެސް ދީފަ އެވެ. އެއީ ލަވަ ކިޔުމުގެ ދާއިރާ އަށް ކުރިއަށް ދާން ބޭނުން ނަމަ، ހިތްވަރާ އެކު މަސައްކަތްކޮށްގެން ކުރިއަށް ދާން އަޒުމް ކަނޑައެޅުމަށެވެ.