22 އޮކްޓޯބަރ 2024 - 12:41

ވީއޭއެމް އާއި އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ މެންބަރުންނާ މެދު ހަގީގަތާ ހިލާފު ވާހަކަ ފަތުރާ ފަރާތްތައް ދެ އަހަރަށް ސަސްޕެންޑް ކުރުމަށް ނިންމައިފި އެވެ.
އެ ހުށަހެޅުމުގައި ބުނެފައި ވަނީ ވީއޭއެމް އާއި ވީއޭއެމްގެ އެކްސްކޯ މެންބަރުންނަށް އަމާޒުކޮށް ހަގީގަތާ ހިލާފް އަދި ބޭ އަދަބީ، މުޖުތަމައު ބަލައިނުގަންނަ ބަހުރުވަ ބޭނުންކޮށް ތަފާތު ވާހަކަތަކާއި އިލްޒާމްތައް އަޅުވައި، ފޮޓޯ، ސޯޝަލް މީޑިޔާގައި ދައުރުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތަކަށް ރާއްޖޭގައި ރާވާ ހިންގާ ވޮލީގެ އެއްވެސް ހަރަކާތެއްގައި މަދުވެގެން 2ދެ އަހަރު ދުވަހަށް ބައިވެރިވުން މަނާކުރުމަށެވެ.
އެ ހުށަހެޅުން ފާސް ކުރީ ކޮންގްރެސްގައި ބައިވެރި 13 ކްލަބްގެ އިއްތިފާހުންނެވެ.
ވީއޭއެމްގެ އޮޑިޓް ރިޕޯޓްތައް ފާސްކުރަން ރޭ ބޭއްވި ކޮންގްރެސް އަށް، އެކަން ހުށަހޅީ ކްލަބް ވޮލީބޯލްއިންނެވެ. ތާއީދު ކުރީ އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވްސް ސްޕޯޓްސް ކްލަބުންނެވެ. ފާސް ކުރީ ކޮންގްރެސް އަށް ހާޒިރުވި 13 ކްލަބްގެ އިއްތިފާގުންނެވެ.
ކުރީގެ ކުޅުންތެރިންނާއި ބައެއް ކޯޗުން ދަނީ ވީއޭއެމްގެ އެކި ކަންކަމަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.