ފަލަސްތީނުގެ މީހަކު 69 ވަނަ ދަރި ވިހާފައި މަރުވެއްޖެ
ފަލަސްތީނުގެ މީހަކު 69 ވަނަ ދަރި ވިހާފައި މަރުވެއްޖެ

ފަލަސްތީނު އަންހެނަކު 69 ވަނަ ދަރި ވިހެއުމަށް ފަހު ކުރިމަތިވި ސިއްހީ މައްސަލަތަކެއްގައި މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އާއިލާ ރޭވުމާއި ދޭތެރެދުރުކުރުމާ ބެހޭ ގޮތުން މައުލޫމާތެއް ލިބިފައި ނެތް މި މީހާ މަރުވީ އުމުރުން 40 އަހަރުގަ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ ދަރިން ލިބުނު އަންހެން މީހާގެ ރެކޯޑް އޮތް މީހާ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

މި މީހާގެ ތަފްސީލެއް މީޑިއާ ރިޕޯޓްތަކުގައި ހާމަކޮށްފައެއް ނުވެ އެވެ.

އެންމެ ގިނަ ދަރިން ލިބުނު އަންހެން މީހާގެ ރެކޯޑް ކުރިން އޮތީ ރަޝިއާ މީހަކަށެވެ. މި މީހާއަށް ވެސް 69 ދަރިން ލިބުނެވެ. މި މީހާއަށް 16 ފަހަރު އެއްމާބަނޑު ދެ ކުދިން ލިބިފައިވާ ކަމަށާއި އެއްމާބަނޑު ތިން ކުދިން ހަތް ފަހަރު ލިބިފައި ވާއިރު އެއްމާބަނޑު ހަތަރު ކުދިން ހަތަރު ފަހަރު ލިބުނު ކަމަށްވެ އެވެ.