އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ
އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ

މިއަހަރުގެ ތިމާވެށީގެ ދުވަހު ސަރުކާރުން އިފްތިތާހު ކޮށްފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ
އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ

ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްއިން ވަނީ އެއް މިލިއަން ގަސް އިންދުމުގެ ވައުދުގައި ސޮއިކޮށް، މި ލިޔުން އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއާ ހަވާލުކޮށްފަ އެވެ.

އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ
އެމްޕީއެލްއިން އެއް މިލިއަން ގަސް އިންދަނީ

އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ފޯރުކޮށްދީ، ގަސްގަހާ ގެހި ރައްކާތެރިކުރަން ސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދުމުގައި އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ރީޖަނަލް ޕޯޓުތަކުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ކްލަބް ޖަމްއިއްޔާތަކާއި ގުޅިގެން އެއް މިލިއަން ގަސް އިންދުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެމްޕީއެލްއިން އިންދާ އެއް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ 10،000 ގަސް އިންދުމަށް ހަމަޖެހިފައި ވަނީ މި ހަފްތާ ތެރޭގަ އެވެ.

އެމްޕީއެލްއަކީ ފަސް މިލިއަން ގަސް އިންދުމަށް ސަރުކާރުން ފެށި ޕްރޮގުރާމުގެ ދަށުން އެންމެ ގިނަ ގަސް އިންދުމަށް އަމާޒު ހިފި ކުންފުންޏެވެ.

ގަސް އިންދުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އެމްޕީއެލްއިން އެޅުމަށް ނިންމާފައިވާ ވަގުތީ މިސްކިތުގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ.