05 މާޗް 2017 - 06:36

ޝާހިދު ކަޕޫރުގެ "ރަންގޫން"ގެ ނާކާމިޔާބުން އޭނާގެ ފިލްމީ ކެރިއަރަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ބުނި ނަމަވެސް ޝާހިދު ބުނަނީ ވަޒީފާއެއް ނެތް މީހަކަށް ވަރަށް އަވަހަށް ވާނެ ކަމަށެވެ. އެކަމަކު އެއީ ސަމާސާއެކެވެ.
ޝާހިދުގެ އަތުގައި މިހާރު އޮތީ ހަމައެކަނި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އެކަންޏެވެ. ފާޑުކިޔާ އެންމެންގެ އަނގަ އެ ފިލްމުން ޝާހިދު ބަންދުކޮށްލާނެކަމަށް ބެލެވެ އެވެ. އެހެންކަމަށްވާ ނަމަ އޭނާއަށް ކުޅޭނެ ފިލްމެއް ނުލިބިގެން ވަޒީފާއެއް ނެތް މީހަކަށް ވާނެ ކަމަކަށް ނުބެލެވެ އެވެ. އޭނާ އިޝާރާތް އެ ކުރަނީ ޕަދްމާވަތީ ކުޅެމުން ދާއިރު އެހެން އެއްވެސް މަސައްކަތަކަށް ވަގުތެއް ނުވާނެ ވާހަކައަށެވެ.
"ޕަދްމާވަތީ" ޝޫޓްކުރަން 200 ދުވަސް ބޭނުންވޭ. އަދި ނިމުނީ އެންމެ 25 ދުވަހުގެ މަސައްކަތް. ކުޅެން ބައިވަރު ފިލްމުތައް ލިބުނަސް މިހާތަނަށް އެއްވެސް ފިލްމެއް ގަބޫލެއްނުކުރަން. އަދި ބޭނުންވަނީ ހަމައެކަނި ޕަދްމާވަތީއަށް ފޯކަސް،" ރެޑިފް އަށް ދިން ދިންޓަވިއުއެއްގައި ޝާހިދު ބުންޏެވެ.
ޝާހިދުގެ ފިލްމެއް ނުފެނި ގިނަ ދުވަސް ވުމުން އޭނާގެ ފޭނުން ދެރަވި ނަމަވެސް "ޕަދްމާވަތީ" ރިލީޒްވުމުން ފޭނުންގެ ހުރިހާ ޝަކުވާއެއް ފިލާނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ.