17 އޮކްޓޯބަރ 2024 - 15:20

ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.
ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލާގައި ހައްޔަރުކުރި އެ ދެ މީހުން ރާއްޖެ އައިއިރު، އެ މީހުންގެ ލަގެޖުން ދެ ކިލޯގެ ޑްރަގް ފެނުނު މައްސަލާގަ އެވެ. އެ މައްސަލާގެ ތުހުމަތުގައި، މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.
ކޯޓު އަމުރުގައިވަނީ އެ މީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށް އެމީހުން ކުރި ކަމަށް ތުހުމަތެއް ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
އަމުރުގައިވަނީ ބުނީ އެމީހުންނަށް ތަރުޖަމާނަކު ހަމަޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ހަމަޖެހިފައިނުވާ ކަމަށާއި އެކަމަކު ތަހުގީގުކުރާ ފުލުސް މީހާއަށް ހިންދީ ބަސް އެނގޭ ކަމަށް ބުނުމުން، އޭނާ މެދުވެރިކޮށް ތަރުޖަމާކޮށް ދީފައިވާ ކަމަށް އަމުރުގައިވެ އެވެ.
އެމީހުންގެ ބަންދަށް ކުރު މުއްދަތެއް ދީފައިވަނީ ވަނީ ތަރުޖަމާނަކު ނެތުމުންނެވެ.