މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް!
މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް!

ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް މާލެ ސަރަހައްދުގައި އެބަހުރި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް!
މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް!

ކެމިކަލާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމަށާއި އެ މިންގަނޑަށް ހޭލުންތެރިކުރުމަށް "އޮޕަރޭޝަން ހިރާސް ފާސް" ނަމުގައި އެ މިނިސްޓްރީގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އޮޕަރޭޝަނެއް ފެށީ މި މަހު ފުރަތަމަ ދުވަހު އެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް!
މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް!

މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ތިލަފުށީގައި ވަނީ އިންސްޕެކްޝަން ކުރިއަށް ގެންގޮސްފަ އެވެ.

އެ އޮޕަރޭޝަން ނިންމުމަށްފަހު ޑިފެންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައި ބުނީ 15 ދުވަސް ތެރޭގައި، 399 އިމާރާތް ބަލައި ފާސް ކޮށްފައި ކަމަށެވެ. އަދި ނުރައްކާތެރި ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރައެއް ބަލާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އެ އޮޕަރޭޝަންގައި، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ނުރައްކާތައް ދެނެގަނެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީން އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކެމިކަލް ގެންގުޅުމާއި ގުދަން ކުރުމުގައި ބައެއް މީހުން ގަވާއިދާ ހިލާފުވާ ކަމުގެ ޝަކުވާ ވެސް އެ މިނިސްޓްރީ އަށް ލިބެމުން ދަނިކޮށެވެ.

އެއްވެސް ބާވަތެއްގެ ކެމިކަލެއް މާލޭގެ އެއްވެސް ތަނެއްގައި ގުދަން ކުރުމަކީ މިހާރު މަނާ ކަމެކެވެ. އެކަމަށް ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިފަ އެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން ސަރުކާރުން މަނާކުރީ ސެޕްޓެމްބަރު 20، 2019 ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާ އަށް ފަހު އެވެ. އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ވަގުތީ ބޯހިޔާވަހި ކަމަށް ބަދަލުކުރަން ޖެހުނު އެ ހާދިސާގައި ކެމިކަލް ރައްކާކުރާ ހަތަރު ގުދަނަކާއި މީހުން ދިރިއުޅޭ ހަ ގެއެއް އަނދާ ހުލިވި އެވެ.