ޕްލާޒާ ކޮސްމެޓިކް ހުޅުވައި "ނަސީމް" ބްރޭންޑުގެ ސެންޓު ތައާރަފްކޮށްފި
ޕްލާޒާ ކޮސްމެޓިކް ހުޅުވައި "ނަސީމް" ބްރޭންޑުގެ ސެންޓު ތައާރަފްކޮށްފި

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި އެކި ބްރޭންޑުތަކުގެ ސެންޓު ވިއްކާ ޕްލާޒާއިން ޕްލާޒާ ކޮސްމެޓިކްސްގެ ނަމުގައި ފިހާރައެއް ހުޅުވައިފި އެވެ.

ޕްލާޒާ ކޮސްމެޓިކް ހުޅުވައި "ނަސީމް" ބްރޭންޑުގެ ސެންޓު ތައާރަފްކޮށްފި
ޕްލާޒާ ކޮސްމެޓިކް ހުޅުވައި "ނަސީމް" ބްރޭންޑުގެ ސެންޓު ތައާރަފްކޮށްފި

މަޖީދީމަގުގައި މިއަދު މި ފިހާރަ ހުޅުވައި ޔޫއޭއީގައި މަގްބޫލު "ނަސީމް" ބްރޭންޑުގެ ސެންޓު ވެސް ވަނީ މާކެޓަށް ނެރެފަ އެވެ. ވޯޓާ ބޭސްޑް އަދި އަލްކަހޯލް ފްރީކޮށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ މެދުއިރުމަތީގައި މަގުބޫލު ބްރޭންޑެކެވެ.

ޕްލާޒާ ކޮސްމެޓިކް ހުޅުވައި "ނަސީމް" ބްރޭންޑުގެ ސެންޓު ތައާރަފްކޮށްފި
ޕްލާޒާ ކޮސްމެޓިކް ހުޅުވައި "ނަސީމް" ބްރޭންޑުގެ ސެންޓު ތައާރަފްކޮށްފި

މި ބްރޭންޑުގެ އަންހެން އަދި ފިރިހެން އެކި ވައްތަރުގެ ސެންޓު ޕްލާޒާއިން ލިބޭނެ އެވެ. އޭގެ ތެރޭގައި އޯޝަން އެނިގްމާ, ލޮސްޓް އިން ވުޑްސް, ޖޫރު އަދި ނުއީތްގެ އިތުރުން އަކުއާ ފަދަ ޓިކްޓޮކްގައި ވެސް މަޝްހޫރުވެފައިވާ ސެންޓު ލިބެން ހުންނާނެ އެވެ. އަދި މި ބްރޭންޑުގެ އަތަރު ވެސް މި ތަނުން ލިބޭނެ އެވެ.

ނަސީމް ބްރޭންޑުގައި ދުވާލުގެ ވަގުތާއި ރޭގަނޑުގެ ވަގުތާއި ގުޅޭ, ފްރެޝް, ސިޓްރަސީ ވަހާއި, ފްލޯރަލްގެ ހިތްގައިމު ވަސްތައް އެކުލެވޭ ސެންޓުތައް ހިމެނެ އެވެ.

ޕްލާޒާއިން ހުޅުވި ފިހާރައިން ނަސީމް ބްރޭންޑުގެ އިތުރުން ދުބާއީގެ މަޝްހޫރު "ފްރެގްރެންސް ވޯލްޑް"ގެ ސެންޓާއި އަތަރު ލިބޭނެ އެވެ. އަދި މި ތަނުގައި، މަޝްހޫރު ޑިޒައިނާ ބްރޭންޑުތައް ކަމަށްވާ ވައިއެސްއެލް, ޝަނެލް, ޑިއޯ, އަރްމާނީ ފަދަ މަގުބޫލު ގިނަ ބްރޭންޑުތަކުގެ ސެންޓު ހުރެ އެވެ. އަދި މި ތަނުގައި ކޮރެއަން ސްކިންކެއާ އާއި އޯލަ ޕްލެކްސް އަދި ޝިއާ މޮއިސްޗާ ފަދަ މަގުބޫލު ބްރޭންޑުތަކުގެ ހެއާ ކެއާ ޕްރޮޑަކްޓުތައް ވެސް ހުރެ އެވެ.

ޕްލާޒާއިން ބުނީ މި ތަނުގެ ޕްރޮޑަކްޓުތަކަކީ 100 ޕަސެންޓު އޮރިޖިނަލް ޕްރޮޑަކްޓުތަކެއްކަމަށާއި މަނީ ބެކް ގެރެންޓީ ވެސް ކަސްޓަމަރުންނަށް ދޭ ކަމަށެވެ.

މަޖީދީމަގު, ސޮނީ ހާޑްވެއާ ކުރިމަތިން ހުޅުވި މި ފިހާރަ ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރު 1:30 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ހުޅުވާފައި ހުންނާނެ އެވެ.