13 އޮކްޓޯބަރ 2024 - 15:34

ފަނޑިޔާރުން އައްޔަން ކޮށްފައިވާ ދާއިރާއިން ބޭރަށް ކުރާ ދަތުރުތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަދައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް ސޮއި ކުރައްވާ، އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގަ އެވެ.
އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، އެ ފަނޑިޔާރަކު އައްޔަން ކޮށްފައިވާ ޖުޑީޝަލް ދާއިރާއިން ބޭރަށް ދަތުރު ކުރާނަމަ މީގެ ފަހުން ޖޭއެސްސީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.
ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ހުރިގޮތުން، ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމުމާ ގުޅިގެން ޖޭއެސްސީގެ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ވެސް ކުރިން އޮތީ ނިންމައިފަ އެވެ.
އެގޮތުން ކޮމިޝަންގެ ރިކަރަންޓް ހަރަދުތައް ކުޑަކޮށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވެ އެވެ.