10 އޮކްޓޯބަރ 2024 - 11:42

ޕިކަޕްތަކުން 12 ބެޓެރީ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި ބެޓެރިތައް ފެނުނީ ހެނދުނު 6:55 ހާއިރު ފަރީދީމަގާއި ޗާންދަނީ މަގާ ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާ މެދު ތުހުމަތު ކުރެވޭތީ ހުއްޓުވައިގެން ބެލުމުން ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ސ. މަރަދޫފޭދޫ، މާކަރީ ލައިޓް، އަލީ އަހުސަން، 32، އާއި ސ. ފޭދޫ، އަނަސް، މުހައްމަދު ނާޒީދު، 43، އެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.