ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު
ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު

ރާއްޖޭގެ ރީތިކަމާއި ގުދުރަތީ އަޖައިބުތަކުން އާޝޯހުވެ، އަދާކުރި މެހުމާންދާރީ އަށް ތައުރީފުކުރަމުން އަދި ވަރަށް ހިތްހަމަޖެހިގެން ހުރެ ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރް ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރު އިއްޔެ ނިންމާލައިފި އެވެ.

ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު
ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު

ސޯނަމް ވަނީ އޭނާގެ މި ދަތުރުގެ ވަރަށް ގިނަ ފޮޓޯތަކާ އެކު، ވަރަށް ހާއްސަ ޕޯސްޓެއް ރޭ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. އެ ޕޯސްޓުގެ ކެޕްޝަންގައި އޭނާގެ ހިތުގެ އިހުސާސްތައް ވަނީ ބަންޑުންކޮށްލައިފަ އެވެ.

ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު
ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު

ސޯނަމް ސިފަކުރި ގޮތުގައި، ރާއްޖޭގެ ރީތިކަން ވަނީ އޭނާގެ ހިތް އަތުލައިފަ އެވެ.

ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު
ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު

"އާއިލާއާ އެކު ކުރާ މި ދަތުރު ކުރުކޮށްލާއިރު، މި ހަނދާން އާކޮށްލަނީ މި ތަނުގައި ހޭދަކުރެވުނު ދުވަހަކު ވެސް ހަނދާން ނުނެތޭނެ އުފާވެރި ވަގުތުތައް. މިއީ ޖާދުލެއް ކަހަލަ ދަތުރެއް. އަހަރެމެންގެ ގުޅުން ވަރުގަދަކޮށްދީ، އިތުރު ހިތްވަރެއް ވެސް ލިބިއްޖެ،" ސޯނަމް ބުންޏެވެ.

ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު
ރާއްޖެއިން ސޯނަމްގެ ހިތް "އަތުލައިފި"، ފުރަނީ އުފާވެރި ހަނދާންތަކާ އެކު

"އަހަރެމެން މިތަނަށް އައި ވަގުތުން ފެށިގެން، މި ރަށްތަކުގެ ރީތިކަން ފެނި އަހަރެމެން އަޖައިބުވި. މި ވިލުނޫ މޫދާއި މަޑުމަޑު ދޮންވެއްޔާއި ކުލަގަދަ ފަރުތައް ބަލައިލުމަށް ވުރެ ބޮޑު އުފަލެއް މި އާއިލާއަކަށް ނުލިބޭނެ. ކޮންމެ ދުވަހަކު އިރުއަރާއިރު އެ ފެންނަ ރީތި މަންޒަރުން އިހުސާސްކުރެވުނީ މިއީ ލިބުނު ބޮޑު ނިއުމަތެކޭ."

ސޯނަމް ބުނީ މިއީ އޭނާގެ އާއިލާ އަށް ވަރަށް އުފާވެރި އަދި މަޖާ ދަތުރެއް ކަމަށެވެ. ރާއްޖޭގައި ހޭދަކުރި ކޮންމެ ވަގުތެއް ވެސް ވަރަށް ހަނދާންވާނެ ކަމަށް އޭނާ ބުންޏެވެ.

ސޯނަމް ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ އަނެއް ދުވަހު އޭނާގެ ފިރިމީހާ އަދި އިންޑިއާގެ ވިޔަފާރިވެރިޔާ އަނަންދު އަހޫޖާ އާއި އެ ދެމަފިރިންގެ ދަރިފުޅު ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. މި ދަތުރުގައި ސޯނަމްގެ ކޮއްކޮ އަދި ބޮލީވުޑްގެ ޕްރޮޑިއުސަރު ރިއާ ކަޕޫރާއި އޭނާގެ ފިރިމީހާ ކަރަން ބޫލާނީ ވެސް ބައިވެރިވި އެވެ.

ދަރިފުޅާ އެކު ރިސޯޓުގައި ހޭދަކުރި ވަގުތުތައް ފެންނަ ބައެއް ފޮޓޯތައް ވެސް ސޯނަމްގެ ޕޯސްޓުގައި ހިއްސާކުރި އެވެ.

"ގުދުރަތީ މާހައުލުގެ މި އަޖައިބުތައް ފެނި ވަޔޫގެ މޫނުމަތިން ފެނުނު އުފާވެރިކަން ފެނިފައި އަހަރެމެން ވެސް ވަރަށް އުފާވި،" ސޯނަމް ބުންޏެވެ.

ވަޔޫއަކީ ސޯނަމްގެ ދެ އަހަރުގެ ދަރިފުޅުގެ ނަމެވެ.

ސޯނަމް ހިއްސާކުރި ފޮޓޯތަކުގައި ދެމައިން މޫދަށް އެރި އުޅޭ ތަނާއި ބީޗާއި ރިސޯޓުގެ އެކި ތަންތަނުގައި ކުޅެން އުޅޭ މަންޒަރު ވެސް ފެނެ އެވެ.

"މި ދަތުރުން އަނެއްކާވެސް ހަނދާން އާކޮށްދިނީ އާއިލާއާ އެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން،" ސޯނަމް ބުންޏެވެ.

އެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގަ އެވެ. ސޯނަމްގެ ޕޯސްޓުގައި ވަނީ އެ ރިސޯޓުން އަދާކުރި މެހުމާންދާރީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

ކުއްޖަކު ލިބުނު ފަހުން ސޯނަމް އުޅެނީ ފިލްމީ މަސައްކަތްތަކާ ވެސް ވަރަށް ދުރުގަ އެވެ. އެ އާއިލާގެ ދިރިއުޅުން ވެސް ވަނީ މިދިޔަ އަހަރު ލަންޑަށް ބަދަލުކޮށްފަ އެވެ.

ނަމަވެސް، މިދިޔަ މަހު ބައެއް މީޑިއާތަކަށް ދިން އިންޓަވިިއުތަކުގައި ސޯނަމް ބުނެފައި ވަނީ ފިލްމީ ދާއިރާ އަށް އެނބުރި އައުމުގެ މަސައްކަތް ކުރާ ކަމަށެވެ. އޭނާ ދެން ކުޅޭ ފިލްމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅުގައި ފަށާނެ ކަމަށް ވެސް ބުންޏެވެ.