14 ޖޫން 2016 - 08:00

2 ޖޯޑު ފުށް (ބޭކިންޕައުޑަރާ އެއްކޮށްގެން ފުރާނައިފައި)
1 މޭޒުމަތީސަމުސާ ބޭކިންޕައުޑަރު
1 މޭޒުމަތީސަމުސާ ހަކުރު
2 ކުކުޅުބިސް
½ ޖޯޑު ފެން (އާދައިގެ)
4 މޭޒުމަތީސަމުސާ ތެޔޮ ނުވަތަ 2 މޭޒުމަތީސަމުސާ ގިތެޔޮ ނުވަތަ 2 މޭޒުމަތީސަމުސާ މާޖިރީން
ލޮނު
ބޭކިންޕައުޑަރު އެއްކޮށްގެން ފުރާނައިފައިވާ ފުށާއި، ހަކުރާއި، ލޮނާއި، ކުކުޅުބިސް އެއްކުރުމަށް ފަހު، ފެން އަޅައިގެން މޮޑުން. ރަނގަޅަށް މޮޑެފައި އެއް މޭޒުމަތީސަމުސާ ތެޔޮ ނުވަތަ ބައި މޭޒުމަތީސަމުސާ ގިތެޔޮ ނުވަތަ ބައި މޭޒުމަތީސަމުސާ މާޖިރީން އަޅައިގެން، އިތުރަށް މޮޑުން. ރަނގަޅަށް ފުށްގަނޑާ އެކުވީމައި، ފުށްގަނޑު އެއްޗަކަށް ލާފައި އޭގެ މަތިޖަހައިފައި، ވިހި މިނެޓު ވަންދެން ފުށްގަނޑު ބެހެއްޓުން. ވިހި މިނެޓު ފަހުން، އަނެއްކާ ވެސް މޮޑެފައި ހަ ގުޅައަށް ބައިކުރުން. ރޮށި ދަމާ ގޮތަށް (ދެމޭ އެންމެ ބޮޑުކޮށް) ދަމައިފައި، އޭގެ މަތީގައި މާޖިރީން ނުވަތަ ތެޔޮ ނުވަތަ ގިތެޔޮ ހޭކުން. މެދުގައި ލޯވަޅެއް އަޅައިފައި އެތެރެއިން ބޭރަށް ވައްކޮށް އޮޅުން. އެއްކޮށް އޮޅައި ނިމުމުން، އުޅާލި ހަދާ ގޮތަށް ވައްކޮށް އޮޅައިލުން. ބޭނުންވާ ސައިޒަކަށް (ރޮށިދަމާ އެތީގައި) ފަރާޓާ ދަމައިލުން. ރޮށި ފިހާ ތަވާ މަތީގައި، ކުޑަ މާޖިރީން ނުވަތަ ތެޔޮ ނުވަތަ ގިތެޔޮކޮޅެއް ހާކާލުމަށް ފަހު، ފަރާޓާ ފިހެލުން.
ފުށް މޮޑޭއިރު ފިނިކުރި ފެން ނުވަތަ ހޫނު ފެން ނޭޅުން. އަޅާނީ އާދައިގެ ފެން.
މި ރޯދަ މަހު "މިހާރު"ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ފާތިމަތު ޚުރުޝިދާގެ ރެސިޕީތަކެކެވެ. އޭނާ ވަނީ ދިވެހި ރަހަތައް ހިމެނޭ ގޮތަށް ވަރަށް ގިނަ އަދަދަކަށް އަމިއްލަ ރެސިޕީތައް ހަދައި، އާންމުންނަށް ދޫކޮށްލައިފަ އެވެ. އެ ހުރިހާ ރެސިޕީއެެއް އޭނާ ވަނީ https://web.facebook.com/Rumaa-495764227208278/?fref=nf ގައި ހިމަނައިފަ އެވެ.