03 އޮކްޓޯބަރ 2024 - 12:22

ރައްޔިތަކު ކަމަކު އަތުވެއްޖެ ނަމަ މާޔޫސްކޮށް ނުލުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެދިވަޑައިގެންފި އެވެ.
ސީޕީ، ހއ. އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުގައި އިއްޔެ ވަނީ ދިއްދު އާއި ކެލާ އަދި އުތީމަށް ވަޑައިގެންފަ އެވެ. އޭނާ ވަނީ އެ ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީއާ ބައްދަލު ކުރައްވައިފަ އެވެ.
އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވައި ސީޕީ ޝުޖާއު ވަނީ ރައްޔިތުން ބޭނުމެއް ޖެހިގެން ފުލުހުން ކައިރިއަށް އަތުވެއްޖެ ނަމަ އެ މީހުން މާޔޫސްވިޔަ ނުދޭން އެދިވަޑައިގެންގފަ އެވެ
ރައްޔިތުންނާ ބައްދަލުކޮށް، ކަންބޮޑުވުންތައް އޮޅުންފިލުވައި، ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް ޝުޖާއު އެދިވަޑައިގަތެވެ.
ރަށްރަށުގެ ކުށުގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ އެ ދަތުރުތަކުގައި ސީޕީ ވަނީ ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު މުހިންމު ކަމަށް ވިދާޅުވެފަ އެވެ.
ހއ. އަތޮޅުގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުގައި މިއަދު އެ އަތޮޅުގެ އިތުރު ރަށްރަށަށް ސީޕީ ވަޑައިގަންނަވާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.