ކުޅުދުއްފުށީ ހޮސްޕިޓަލުން ތެލެސީމިއާ އަށް ޓެސްޓް ކުރަން ފަށައިފި
ކުޅުދުއްފުށީ ހޮސްޕިޓަލުން ތެލެސީމިއާ އަށް ޓެސްޓް ކުރަން ފަށައިފި

ތެލެސީމިއާ އަށް ޓެސްޓް ކުރުމުގެ ހިދުމަތް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިއްޔެ ފަށައިފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން މި ހިދުމަތް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ފާތިމަތު ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތެލެސީމިއާ އަށް ސްކްރީން ކުރުމުގެ ހިދުމަތް ދޭނީ ދުވާލަކު 10 މީހުންނަށެވެ. އަދި މި ހިދުމަތަށް ކުރިން އެޕޮއިންޓްމެންޓެއް ހަދަން ޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީޑިއާ އޮފިސަރު ވިދާޅުވި ގޮތުގައި މި ހިދުމަތަށް ހޮސްޕިޓަލުން އެއްވެސް ފީ އެއް ނުނަގާނެ އެވެ. އަދި ޓެސްޓް ހަދާތާ ހަފުތާއެއްގެ ތެރޭގައި އޭގެ ނަތީޖާ ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ށ. ފުނަދޫ ހޮސްޕިޓަލުގައި ވެސް ވަނީ މި ހިދުމަތް ފަށައިފަ އެވެ.