މީދަލެއްގެ ސަބަބުން ބީއޭގެ ބޯޓެއް ގްރައުންޑް ކުރަން ޖެހިއްޖެ
މީދަލެއްގެ ސަބަބުން ބީއޭގެ ބޯޓެއް ގްރައުންޑް ކުރަން ޖެހިއްޖެ

ލަންޑަން (މާޗް 2) - އެމެރިކާ އަށް ފުރަން ހަމަޖެހިފައިވާ ބްރިޓިޝް އެއާވޭސްގެ މަތިންދާ ބޯޓަކުން މީދަލެއް ފެނުމާ ގުޅިގެން އެ ބޯޓު ލަންޑަނުގެ ހީތުރޯ އެއާޕޯޓުގައި ގްރައުންޑް ކުރަން ޖެހިއްޖެ އެވެ.

ސެން ފްރެންސިސްކޯ އަށް ފުރަން ހަމަޖެހިފައިވާ ބޯޓުން މީދަލެއް ފެނުމާ ގުޅިގެން ބޯޓު ފުރުން ލަސްކުރި ވާހަކަ ކްރޫން ވަނީ ޕަސިންޖަރުންނަށް އަންގައިފަ އެވެ. އަދި ޕަސިންޖަރުން ދަތުރު ކުރުމަށް އެހެން ފްލައިޓެއް ހަމަޖައްސާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބޯޓުން ދަތުރު ކުރަން ހަމަޖެހިފައިވާ ޕަސިންޖަރަކު ބުނީ ބޯޓުގައި މީދަލެއް އުޅޭ ކަމަށް ޚަބަރު ލިބުމުން ގިނަ ބަޔަކަށް ނުތަނަވަސްކަން ލިބުނު ކަމަށެވެ. ޕަސިންޖަރުން ދަތުރު ކުރަން ހަމަޖެއްސި ފްލައިޓް ލަސްވުމުން ބައެއް މީހުން ވަނީ ތަފާތު ޓްވީޓްތައް ކޮށްފަ އެވެ. އެކަކު ވަނީ މީދަލެއްގެ ސަބަބުން ފްލައިޓް ފުރުން ލަސްވެއްޖެ ކަމަށާއި އެ މީދަލަށް ވިސާ ނުލިބުނީތޯ ސުވާލުކޮށްފަ އެވެ.

ބްރިޓިޝް އެއާވޭސް އިން ބުނީ ހުރިހާ ޕަސިންޖަރުން ވެސް ސެން ފްރެންސިސްކޯ އަށް ދަތުރު ކުރަން ބޭނުންވާ ކަމަށާއި އެކަމަކު ވަރަށް ކުޑަ ކަސްޓަމަރެއްގެ ސަބަބުން ޕަސިންޖަރުން އަނބުރާ ގޭޓަށް ފޮނުވަން ޖެހުނީ ކަމަށެވެ.

ބާމިންހަމުން 2015 ވަނަ އަހަރު ފުރަން ހަމަޖެހިފައިވާ ފްލައިޓަކުން މީދަލެއް ފެނުމާ ގުޅިގެން އެ ފްލައިޓް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.