29 ސެޕްޓެމްބަރ 2024 - 13:51

ޓޫރިސްޓުންތަކެއްގެ ދަބަހެއް ވަގަށް ނަގައިގެން، އެ ދަބަހުގައި ހުރި އަގުހުރި ސާމާނުތައް ވިއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މާލޭ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ޗައިނާގެ ދެ ފަތުރުވެރިއަކަށް ހަނދާން ނެތި ބެހެއްޓުނު ދަބަހެއް ގެއްލުނު ކަމުގެ ރިޕޯޓު ރޭ ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި ގަލޮޅު ޕޮލިސް އިން ކުރި މަސައްކަތުން އޭގެ ތިން ގަޑިއެއްހާއިރު ފަހުން ދަބަސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ގދ. ތިނަދޫ ރަންފަރު، ޒަބީހު މުހައްމަދެވެ.
ފުލުހުން ބުުނީ އެ ދަބަހަކީ ލެޕްޓޮޕާއި ހާޑް ޑްރައިވާއި ޕަވާބޭންކް އަދި ޕާސްޕޯޓުގެ އިތުރުން އެހެނިހެން ބައެއް ތަކެތި ހުރި ދަބަހެއް ކަމަށެވެ.
ދަބަހުގައި ހުރި ބައެއް ތަކެތި ހޯދާފައިވަނީ ވިއްކާލާފައި ވަނިކޮށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.