ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު ނޮވެމްބަރަށް ފަސްކޮށްފި
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު ނޮވެމްބަރަށް ފަސްކޮށްފި

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 9 އަށް ފަސްކޮށްފި އެވެ.

ކުރިން އެ ޕާޓީން ނިންމާފައި އޮތީ އަންނަ އޮކްޓޫބަރު މަހުގެ 19 ގައި އެ އިންތިހާބު ބާއްވާށެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކޮށް، އެ ޕާޓީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، ތާރީހަށް ގެނައި ބަދަލާ އެކު، އެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ވެސް ދަންމާފައިވާ ކަމަށެވެ.

ޕީއެންސީން މިހާރު ހަމަޖެއްސި ގޮތުން ނަމަ އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ އޮކްޓޫބަރު 24 އެވެ.

އެ ޕާޓީން ބުނީ އިންތިހާބު ބާއްވާ ތާރީހު ފަސްކޮށް، ކުރިމަތިލުމަށް ދިން މުއްދަތު އިތުރުކުރީ އެކަމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނާތީ ކަމަށެވެ.

- ދާއިރާ ރައީސް އަދި ނައިބު ރައީސް.

- ޒުވާނުންގެ ހަރާކާތުގެ ރަށު ރައީސް އަދި އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް.

- ސްޓިއަރިން ކޮމިޓީގެ މެމްބަރުން.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ހަވީރު ހައެއްގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.