އީ ވޯޓިން ބޭނުންކުރާނީ ތިން ފޮއްޓެއްގައި، މާ ބޮޑު ބަދަލެއް ނާންނާނެ: އިލެކްޝަންސް
އީ ވޯޓިން ބޭނުންކުރާނީ ތިން ފޮއްޓެއްގައި، މާ ބޮޑު ބަދަލެއް ނާންނާނެ: އިލެކްޝަންސް

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން (އީ ވޯޓިން) ތައާރަފްކުރަނީ އެންމެ ތިން ފޮއްޓެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އީ ވޯޓިން ބޭނުންކުރާނީ ތިން ފޮއްޓެއްގައި، މާ ބޮޑު ބަދަލެއް ނާންނާނެ: އިލެކްޝަންސް
އީ ވޯޓިން ބޭނުންކުރާނީ ތިން ފޮއްޓެއްގައި، މާ ބޮޑު ބަދަލެއް ނާންނާނެ: އިލެކްޝަންސް

ކައުންސިލް އިންތިހާބުގައި އީ ވޯޓިން ތައާރަފްކުރާތީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފައިވާ ގޮތުގައި، އީ ވޯޓިންގެ ބޭނުމަކީ "ވޯޓަށް މަކަރު ހެދުމެ"ވެ.

އީ ވޯޓިން ބޭނުންކުރާނީ ތިން ފޮއްޓެއްގައި، މާ ބޮޑު ބަދަލެއް ނާންނާނެ: އިލެކްޝަންސް
އީ ވޯޓިން ބޭނުންކުރާނީ ތިން ފޮއްޓެއްގައި، މާ ބޮޑު ބަދަލެއް ނާންނާނެ: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ކައުންސިލް އިންތިހާބު އެއްކޮށް އީ ވޯޓިން އަށް ބަދަލުކުރުމުގެ ވިސްނުން އެ ކޮމިޝަނުން ނުގެންގުޅޭ ކަމަށެވެ. ކޮމިޝަނުން ނިންމާފައި ވަނީ، ތިން ސަރަހައްދެއްގައި އީ ވޯޓިން ކުރިއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރަހައްދުތައް ކަނޑައަޅާނީ ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްފައި. އީ ވޯޓިން ތައާރަފްކުރާ ތިން ސަރަަހައްދުގެ ރައްޔިތުން ވެސް އިންތިހާބުގެ ކުރިން އީ ވޯޓިން އަށް ހޭލުންތެރިކުރާނެ،" އަކްރަމް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބަށް އީ ވޯޓިން ތައާރަފްކުރިއަސް މިހާރު ވޯޓުލުން ކުރިއަށް ގެންދާ ގޮތާ މާ ބޮޑު ތަފާތެއް ނާންނާނެ ކަމަށް އިލެކްޝަންސުން ބުނެ އެވެ. ކުރިއެކޭ އެއްގޮތަށް އައިޑީ ކާޑު ވެރިފައިކޮށްފައި ވޯޓު ކަރުދާސްކޮޅު ލިބުމުން އޭގައި ފާހަގަ ޖަހާނީ ވެސް މިހާރު ޖަހާ ގޮތަށް ގަލަމުންނެވެ. ހަމައެކަނި ތަފާތަކީ، އަކްރަމް ވިދާޅުވި ގޮތުގައި، ވޯޓު ގުނަން މެޝިނެއް ބޭނުންކުރުމެވެ.

މެޝިންގެ ދެ ވައްތަރަކާ މެދު އެ ކޮމިޝަނުން ވިސްނުން ގެންގުޅޭއިރު ވޯޓު ފޮއްޓާ އެކުގައި ހުންނަ ގުނާ މެޝިނަކާއި ފޮއްޓާ ވަކިން ހުންނަ މެޝިނެކެވެ. ފޮއްޓާ އެކު ހުންނަ މެޝިނުން ފަސް ސިކުންތުގެ ތެރޭގައި މުޅި ފޮށި ގުނާލެވެ އެވެ. އަނެއް މެޝިނުން މިނެޓަކު 100 ކަރުދާސްކޮޅު ގުނާލެވޭނެ އެވެ.

"މެޝިނުން ގުނިއަސް މިހާރު ގުނާ ގޮތަށް މެނުއަލްކޮށް ވެސް ގުނާނެ. އިންޓަނެޓާ ގުޅާފައެއް ނޫން މެޝިން ހުންނާނީ، ހެކްކުރުމުގެ ފުރުސަތެއް ނޯންނާނެ،" އަކްރަމް ވިދާޅުވި އެވެ.

"މިހާރު ވޯޓުލުން ކުރިއަށް ގެންދާ ގޮތާ މާ ބޮޑު ތަފާތެއް ނާންނާނެ."

އޭނާ ވިދާޅުވި ގޮތުގައި އީ ވޯޓިންގެ ނިޒާމަށް އެއްކޮށް ބަދަލުވާން އަދި ވަރަށް ގިނަ ތައްޔާރީތަކެއް ވާން ޖެހެ އެވެ. އޭގެ ތެރޭގައި އައިޑީ ކާޑުތަަކަށް ބަދަލު ގެނައުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަދަލު ގެންނަނީ ބަހާލައިގެން އެއް ފަހަރަކާ ނޫން. ފަހުން ތައާރަފްކުރާ ނިޒާމްގައި އައިޑީ ކާޑު، މެޝިނަށް ލައްވާފައި ފިންގާޕްރިންޓް ޖެހީމަ ވޯޓު ކަރުދާސްކޮޅު ލިބޭނީ. އެކަމަށް އަދި ވަގުތު ނަގާނެ،" އަކްރަމް ވިދާޅުވި އެވެ.

ބައޯމެޓްރިކް އައިޑީ ކާޑު ތައާރަފްކުރުމުން މަރުވެފައި ތިބި މީހުންނާއި ހައްޔަރުކޮށްފައި ތިބި މީހުންގެ ނަމުގައި ވޯޓުލުމުގެ ފުރުސަތު ނޯންނާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އީ ވޯޓިން ތައާރަފްކުރާތީ ކަންބޮޑުވުންތަކެއް ހުއްޓަސް، އަކްރަމް ވިދާޅުވި ގޮތުގައި، އެކަމާ ގުޅޭ ގޮތުން އެ ކޮމިޝަނާ ރަސްމީކޮށް މަޝްވަރާކޮށްފައެއް ނުވެ އެވެ.