ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ގެއްލިގެން ހޯދަން ފަށައިފި
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ގެއްލިގެން ހޯދަން ފަށައިފި

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފް ގެއްލިގެން ފުލުހަށް ރިޕޯޓު ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ގެއްލިގެން ހޯދަން ފަށައިފި
ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސާއިފް ގެއްލިގެން ހޯދަން ފަށައިފި

ހއ. ހޯރަފުއްޓަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ސާއިފް ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓްކުރީ ރޭ ދަންވަރެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އެންމެ ފަހުން ފެނުނީ ރޭ 9:00 ހާއިރު ހުޅުމާލެ ފޭސް ތިނަކުން ކަމަށެވެ. އެއީ، މީހުން ދިރިނޫޅޭ ފަރުކޮޅުފުށި ސަރަހައްދެވެ. އެ މައުލޫމާތު ލިބުނު ގޮތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އޭރު ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖީންސެއް ކަމަށް ފުލުހުން ބުންޏެވެ.

ސާއިފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.

ގައުމީ ޓީމަށް ކުޅުނު ސާއިފް ވަނީ ކްލަބް ވެލެންސިއާ އާއި މާޒިޔާ އަދި ގްރީން ސްޓްރީޓް އިތުރުން ވިކްޓްރީ އަށް ވެސް ކުޅެފަ އެވެ.