ސިޔާސީ ސަބަބުތަކަށް ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެމްޑީޕީން ގާނޫނީ އެހީ ދެނީ
ސިޔާސީ ސަބަބުތަކަށް ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެމްޑީޕީން ގާނޫނީ އެހީ ދެނީ

ސިޔާސީ ސަބަބުތަކާ ހެދި ކުންފުނިތަކާއި ސިވިލް ސާވިސްގެ ވަޒީ ފާއިން ވަކިކުރާ މީހުންނަށް ގާނޫނީ އެހީ ދޭން އިދިކޮޅު އެމްޑީޕީން ނިންމައިފި އެވެ.

އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވަންޓުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރު ދައްކައި އަދި ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށެވެ.

އެހެންވެ، ގާނޫނީ ފިޔަވަޅުތައް އެޅުމުގައި މުވައްޒަފުންނަށް އެހީތެރިވާން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

އިއުލާނުގައި ވަނީ ސިޔާސީ ގޮތުން ވަޒީފާ އިން ވަކިކުރާ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އަޅާ މުވައްޒަފުންގެ ތެރެއިން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ މީހުން އީމެއިލް ނުވަތަ ވައިބާ ނަމްބަރަށް ވީ އެންމެ އަވަހަކަށް ފޮނުވައިދިނުމަށް އެދިފަ އެވެ.

އެމްޑީޕީގެ އެހީ ބޭނުންވާ ނަމަ[email protected]ނުވަތަ 7341637 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.