އުރީދޫން ކޮންމެ 3 ދުވަހަކުން ސައިކަލެއް ދެނީ
އުރީދޫން ކޮންމެ 3 ދުވަހަކުން ސައިކަލެއް ދެނީ

އުރީދޫ މޯލްޑިވްސްއިން މިހާރު ކުރިއަށްގެންދާ "5ޖީ ލިބޭ" ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫގެ އެކްޓިވް ކަސްޓަމަރުންގެ މެދުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ ޑިސެމްބަރު މަހުގެ ނިޔަަލަށެވެ.

ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި ރީޗާޖު ކޮށް އެޑްއޮން އެއް ބޭނުންކުރާ ކަސްޓަމަރުންނަށެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންގެ ތެރެއިން ހިދުމަތް ބޭނުންކުރުމަށް 400ރ. އިން މަތިން ބިލް ދައްކައި ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރާ ކަސްޓަމަރުންނަށެވެ.

މި ޕްރޮމޯޝަނުގައި ތިން ވައްތަރެއްގެ ސައިކަލް ދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

• އެއާ ބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• އެއާ ބްލޭޑް 160 - ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
• ޕީސީއެކްސް160 (ކަޅު ކުލަ)

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމަކަށް ހުށަހަޅާފައި ވަނީ 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެކެވެ. މި ސައިކަލު ލިބޭނީ ނަސީބުވެރި އެއް ފަރާތަކަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް އުރީދޫން މިހާރު އަންނަނީ 5ޖީ ހިދުމަތް ދެމުންނެވެ.